ޖަލު ހުކުމްތައް ތަންފީޒު ކުރުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި އެމަނިކުފާނު ޖަލަށް ބަދަލުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ފަނަރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އަދި ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނާ މައްސަލާގައި ވެސް ދިހަ އަހަރުގެ ޖަލު ހުކުމެއްވަނީ އިއްވާފައެވެ.
އޭގެތެރެއިން ފިސްތޯލަ ގެންގުޅުއްވި ކަމަށް ދައުވާ ކޮށްފައިވާ މައްސަލަ މިހާރުވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ.
މިއަދު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައި މިވަނީ އަދީބު މާފުށީ ޖަލަށް ބަދަލު ކުރުން ލަސްވެގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ