އިސްލާހަކީ ތަރައްގީ އާއި ކުރިއެރުމަށް އެޅޭ ބާރެއް ކަމަށް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ ޕީޕީއެމް އިސްލާހު ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައެވެ.
ޕީޕީއެމް އިސްލާހުކުރެއްވުމަށް ރައީސް މައުމޫން ކުރައްވާ މަސައްކަތުގެ ދަށުން، ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދާއި ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބައިތޯ ބެލުން ހިމެނެއެވެ. އަދި ޕާޓީގެ މެމްބަރުންނަށް އެންގުންތަށް އަންގާނީ، ސީދާ ޕީޕީއެމްގެ އޮފީހުން ކަމަށާއި، ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ތެރެއިން ހާސިލުވެފައިވާ މިންވަރު ދެނެގަތުން ހިމެނޭ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުގެ މި އިސްލާހީ އެޖެންޑާ ކާމިޔާބުވެއްޖެނަމަ ރައްޔިތުންގެ މެދުގައި އިތުބާރު އުފެދި 2018 އަށް ކެންޑިޑޭޓެއް ކަނޑައެޅި އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވޭނެ" ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ، ޕާޓީ އިސްލާހު ކުރުމުގައި ޕާޓީގެ އެންމެހާ ގުނަވަންތަކުގެ މެންބަރުންގެ އެއްބާރުލުން އެމަނިކުފާނު ބޭނުންވެލައްވާ ކަމަށް ވިދާޅުވެފައެވެ.
އިސްލާހަކީ ތަރައްގީ އާއި ކުރިއެރުމަށް އެޅޭ ބާރެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ