ޕީޕީއެމް އުފެއްދި މަޤުސަދަށް އެނބުރި ރުޖޫއަވުމަށް ދާދިފަހުން ހޯމް މިނިސްޓަރު ކަމުގެ މަޤާމުން އިސްތިއުފާދެއްވި އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އިއުލާންކުރައްވާފައިވާ ޕީޕީއެމް އިސްލާހު ކުރުމުގެ ޓައިމް ލައިނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ފެބްރުއަރީ ގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް މައުމޫން މިއަދު އިއުލާންކުރެއްވި ޓައިމްލައިންގައި ވާގޮތުން 2018 ގައި ޕްރައިމަރީ ބޭއްވޭނީ 2017 ގެ ނޮވެމްބަރ މަހުގައި ބާއްވާ ޕާޓީގެ ގައުމީ ޖަލްސާއިން އެގޮތަށް ފާސްކުރުމުންނެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން އެޖަލްސާގައި ފާސްވެއްޖެނަމަ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޕްރައިމަރީގެ ކެންޕޭން ކުރުމަށް ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި ޖެހިގެން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ޕްރައިމަރީ ބާއްވައި، މާޗްގައި ރިޔާސީ ކެންޕެއިން ފެއްޓުމަށް އެ ޓައިމްލައިންގައި ވަނީ ކަނޑައަޅާފަ އެވެ.
2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އުމަރު މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވާއިރު، އެނިންމުމަށް ސިޔާސީ ދާއިރާގައި އުޅުއްވާ އިސްވެރިންގެ ތާއީދު ކުރައްވާނެކަމަށް އުމަރު ވިދާޅުވިއެވެ.
ޕީޕީއެމް އުފެއްދި މަޤުސަދަށް އެނބުރި ރުޖޫއަވުމަށް އުމަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ