މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ދެ ބްލެޓް ހުޅުދޫ ނެރުތެރޭން ހޯދައި ތިން މީހަކު ހައްޔަރުކޮށްފި

ސ. ހުޅުދޫ ނެރުތެރެއިން މޫދު އަޑީގައި ބޮނަކްއާ ފެން ހުސްކުރި ފުޅިއެއްގެ ތެރެއަށްލާ ދަގަނޑު ހޮޅިބުރިއެއްގައި އެއްސުމަށްފަހު މޫދަށް ފައްތާފައި އޮތް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ދެ ބްލެޓް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ރޭ އިރުއޮއްނުތަނާ އެއަތޮޅު ފޭދޫއިން ހުޅުދޫއަށް ދަތުރުކުރި ހުޅުދޫ ލޯންޗަކުން މަސްތުވާ ތަކެތި ގެންދާކަމަށް މަޢުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި މި ތަކެއްޗާއި ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ބުނީ މިހާތަނަށް ތަޙްޤީޤަށް އެނގިފައިވަނީ ލޯންޗުން ގެނައި މަސްތުވާތަކެތި އަތުލަން ފުލުހުން ހަރަކާތްތެރިވާކަން އެނގުމުން ނެރުން ނުވަދެ ލޯންޗް ދިޔައީ ކަމަށް ކަމަށެވެ. އަދި އެދިމާ ކަނޑުގައި އޮތް މަސްދޯންޏަކުން ދަގަނޑު ހޮޅިބުރިއެއް ހޯދައިގެން އެ ދެ ބްލެޓް ފުޅިއަށް ލުމަށްފަހު ދަގަނޑު ހޮޅިބުރިއާއި ފުޅީގައި ކަންވާރުފަށް އައްސައި ނެރުތެރެއަށް ފައްތީ ކަމަށް ބެލެވޭ ކަމަށެވެ.
އެ ދެ ބްލެޓް ނަގާފައިވަނީ ފުލުހުން މޫދަށް ފީނައިގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ