އަލީ ވަހީދު އިސްކޮށް ހުންނަވާ ގާސިމް އުކުޅަހަށް ވަޑައިގަތުމަށް ހުރަސް އަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ސަރުކާރުގެ ބައެއް ވަޒީރުން މިއަދު އއ. އުކުޅަހަށް ވަޑައިގަތުމުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އިސްވެ ހުންނަވައިގެން ހުރަސް އަޅުއްވައިފި އެވެ.
ގާސިމް އިބްރާހީމާއި ބައެއް ވަޒީރުން މިއަދު އުކުޅަހަށް ވަޑައިގެންނެވީ ސަރުކާރު ކޯލީޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތޮއްޑޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އިބްރާހިމް ހަސަން (އެވިލާ) އަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު މެންދުރުފަހު އެވެ.
އުކުޅަހުން ވާހަކަދެއްކި މީހަކު ބުނީ ގާސިމްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވަޑައިގެންނެވި ކަމަށާއި އެބޭފުޅުން ވަޑައިގެންނެވި ލޯންޗު ފަޅަށް ވަނުމާއިއެކު އަލީ ވަހީދު އިސްކޮށް ހުންނަވާ ގާސިމާއި އެހެނިހެން ބޭފުޅުން އެރަށަށް އެރަށަށް އެރުނަ ނުދީ ހިފެހެއްޓި ކަމަށެވެ.
"އަލީ ވަހީދު އިސްކޮށް ހުންނަވައިގެން އެމްޑީޕީ ސަޕޯޓަރުންތަކެއް ބަނދަރު މައްޗަށް އެއްކޮށް ގާސިމް މިރަށަށް އެރިޔަ ނުދީ ހިފެހެއްޓީ، ." އޭނާ ބުންޏެވެ.
ގާސިމާއި މިނިސްޓަރުންނަށް ހުރަސް އެޅުމުގައި އުކުޅަހު ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ކައުންސިލަރުން ވެސް ބައިވެރިވި ކަމަށް އެމީހާ ބުންޏެވެ.
ނަމަވެސް ފުލުހުންގެ އެހީތެރިކަމާއި ހިމާޔަތުގައި އެބޭފުޅުން އުކުޅަހަށް އަރައިވަޑައިގެން ކެމްޕެއިން ހަރަކާތްތައް ބޭއްވި ކަމަށް ވެސް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެޕާޓީގެ ލީޑަރާއި އަދި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވި ދަތުރުފުޅަކަށް އެމްޑީޕީގެ މަޖިލިސް މެންބަރު އަލީ ވަހީދު އިސްވެ ހުންނަވައިގެން ހުރަސް އެޅުއްވި މައްސަލަ ހަރުކަށި އިބާރާތު ކުށްވެރިކުރާ ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ