ދޯންޏަކުން އިންޖީނެއް ވަގަށް ނަގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ދޯންޏަކުން އިންޖީނެއް ވަގަށް ނަގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިޢޭޥޭ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެދެމީހުން ހައްޔަރުކޮށްފައިވަނީ ރޭ އާއްމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކ. ގުޅި ނޫވިލާ، 26އަހަރުގެ މުހައްމަދު އަޒުމީލުއާއި ރ. ރަސްމާދޫ، އުމުރުން 31 އަހަރުގެ މުހައްމަދު ޝާހީންއެވެ. ވައްކަން ކުރަން މަސައްކަތްކޮށްފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ޑިސްކަވަރީ ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
އެދެމީހުން ހުޅުމާލެއަށް ގޮސްފައިވަނީ އަމިއްލަ ދޯންޏެއްގައެވެ. ނަމަވެސް އެދޯންޏައި ބެހޭ އެއްވެސް މައުލޫމާތެއް އެމީހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ކަމުން އެއީ ވެސް ވަގަށް ނަގާފައިވާ އެއްޗެއް ކަމުގެ ތުހުމަތުވަނީ ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ