މޫސުން ގޯސްވާނެތީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ޔެލޯ އެލާރޓް ނެރެއްޖެ

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އައްޑޫ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭގެ 20:30 އިން 23:30 އަށެވެ.
 
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
އުތުރުގެ މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ