ރާޅު މިއޮތީ ނަގާފައިކަމަށާއި ބިންދާލަން ލަހެއްނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިރޭ އިދިކޮޅު ފަރާތް ތަކުން ހއ.އިހަވަންދޫގައި ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ "ރައްޔިތުންގެ ބާރެއް އޮވެއްޖެނަމަ އެ އެއްޗެއް ކަނޑާލާ." ކަމަށެވެ.
"މިގޮތަށް މާ ގިނަ ދުވަހަކު ނުހިފޭއްޓޭނެ, ރައީސް ޔާމީން މިހާރު ކަން ކަން ކުރައްވަމުން ގެންދަނީ އިސްލާމީ އުސޫލު ތަކާއި ހިލާފަށް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަނިޔާވެރިކަމަކީ ﷲ ސުބުހާނަހޫ ވަތައާލާ އެކަލާގެ ޒާތުފުޅަށް ހަރާމު ކުރައްވާފައިވާ ކަމެއް ކަމަށެވެ.
"ރައީސް ޔާމީން ގެންދަވަނީ އަނިޔާވެރިކަމުގެ ޖަރީމާ ހިންގަވަމުން, އަނިޔާވެރިކަމުގެ ކުރިމަތީގައި ދިވެހި ރައްޔިތުން ބޯ ނުލަނބާނެ ކަން ރައީސް ޔާމީނަށް މިހާރު އެނގެން ވެއްޖެ" ޝާހިދު ވިދާޅުވިއެވެ.
"ނިކަން ސާބިތު ކަމާއެކު ތިއްބަވާ ރާއްޖޭގެ އެތަން މިތަނުން ނަގަމުން އެދާ ދިދަތައް. އެއީ އިސްލާހީ މަސައްކަތުގެ ރަމުޒެއް. އެއީ އިސްލާހީ މަސައްކަތުގެ ހުންގާނު. ރައީސް ޔާމީން ހުއްޓުވާނަން، ރައީސް ޔާމީން ހުއްޓުވާފަ ނޫނީ ފެށި މަސައްކަތް ނުނިންމާނަން. ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގޭނެ" ޝާހިދު ވިދާޅުވިއެވެ.
ރާޅު މިއޮތީ ނަގާފައި، ބިންދާލަން ލަހެއްނުވާނެ – އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ