ކޭބަލް މަރާމާތު އެބަ ކުރަން، ބައެއް ދިމާތަކުން ކަރަންޓް ކެނޑިދާނެ: ފެނަކަ

ނަރުދަމާގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭ މައްސަލަ ޖެހުނު އިންޖީނުގޭގެ މައި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު ލޯޑް މަތިވާ ފަހަރުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފި އެވެ.
އައްޑޫ މަރުކަޒީ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު އާސިމް ވިދާޅުވީ ރޭ 11:00 ޖަހާކަށްހާ އިރު މުޅި ހިތަދޫން ކަރަންޓް ކުއްލި ގޮތަކަށް ކެނޑުނީ ފެނަކައިން ކަރަންޓް ދިނުމަށް ބޭނުންކުރާ މައި ކޭބަލަކަށް މަގު ކޮންނަމުން ދަނިކޮށް ގެއްލުން ވެގެން ކަމަށެވެ.
އާސިމް ވިދާޅުވީ މައްސަލަ ޖެހުނު ސަރަހައްދު ރޭ ހޯދުމަށްފަހު ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މައްސަލަ މުޅިން ހައްލު ކުރުމަށް ގަޑިއިރުތަކެއް ނަގާނެކަމަށް އާސިމް ވިދާޅުވިއެވެ.
ރޭ ހިތަދޫން ކަރަންޓް ދިއުމަށްފަހު ފަހުން ވަނީ މޫލެކެޑެ ވަކި ސަރަހައްދަކަށް ފިޔަވައި ހުރިހާ ހިސާބަކަށް ކަރަންޓް ދީފައެވެ. އަދި ފަހުން ވަނީ މޫލެކެޑެ ހިމެނޭ ސަރަހައްދަށް ވަގުތީ ގޮތުން ކަރަންޓް ދީފައެވެ.
އާސިމް ވިދާޅުވީ ހިތަދޫގެ ތިން ސަރަހައްދެއްގެ ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިތި މިފަދަ ޓެކްނިކަލް ކަމެއް ދިމާވެދާނެކަމަށާއި، ނަމަވެސް މިކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ހަރުދަނާ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ރޭ ކުއްލި ގޮތަކަށް ކަރަންޓް ކެނޑުނުއިރު އިއްޔެ ހެނދުނުން ފެށިގެން ހަވީރު ވަން ދެން ޓްރާންސްފޯމަރެއް ބެހެއްޓުމަށް ހިތަދޫގެ ބޭރުމަތި ސަރަހައްދުން ވަނީ ކަރަންޓް ކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ