100 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ކާމިޔާބު ފެށުމެއް

90 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ހުޅުމާލޭގައި ޤާއިމްކޮށްފައިވާ އަލްޓްރާ-މޮޑަރން، ޓާޝަރީ ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވާ ޚިދުމަތްދޭން ފެށިއިރު ފުރަތަމަ ދުވަހުވެސް ފަރުވާ ހޯދި މީހުންގެ އަދަދު ސަތޭކައަށްވުރެ ގިނަވެއްޖެއެވެ.
އެމްއާރްއައި، ސީޓީ ސްކޭން، ހިތުގެ، ތޮރެސިކް އަދި ނާރުގެ ބައެއް އޮޕަރޭޝަންތައް، އޯޕަން ހާޓް ސާޖަރީ ފަދަ މޮޅަތި ޚިދުމަތްތަކެއް މިހޮސްޕިޓަލުން ލިބިގެން ދިއުމަކީ މިހޮސްޕިޓަލަށް މިލިބުނު ކާމިޔާބީގެ ސިއްރު ކަމުގައި ވެދާނެއެވެ. މިހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހެއްދުމުގެ އަގަކީ 750 ރުފިޔާއެވެ.  ނަމަވެސް ދިވެހިންނަށް 30 އިންސައްތަ ޑިސްކައުންޓެއް ޑޮކްޓަރަށް ދެއްކުމަށް ލިބޭނެއެވެ. އެހެންކަމުން ދިވެހިންނަށް އެޕޮއިންޓްމެންޓް ހެދުމަށް ޗާޖު ކުރަނީ 550 ރުފިޔާ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ މިހާރު ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލަށެވެ. 110 މިލިއަން ޑޮލަރު ހޭދަކޮށްގެން ހުޅުމާލޭގައި މިހޮސްޕިޓަލް ތަރައްޤީ ކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ހިމެނޭ ކުންފުންޏަކުންނެވެ. އެކުންފުނީގެ ހިއްސާދާރުންގެ ގޮތުައި ހިމެނެނީ ރާއްޖޭގެ މަހުޖަނުން ކަމަށް ވާ ޗަމްޕާ ހުސެން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްގަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާ އެވެ.
މިހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ