ސުޕްރީމް ކޯޓުގެ އާންމު ސިޓީއެއް ހައިކޯޓުގެ ފަނޑިޔާރުންނަށް!
ހައިކޯޓަށް ބަލައި ނުގަތުމާމެދު އެކޯޓުގެ ފަނޑިޔާރަކު ގޮތެއް ކަނޑައަޅާފައި ވަނިކޮށް މައުޟޫއީ ގޮތުން އެމައްސަލައެއް ބަލަން ޖެހިއްޖެ ހިނދެއްގައި އެ ފަނޑިޔާރަށް މައްސަލަ ބެލުމުގައި އެ ފަނޑިޔާރަކަށް ބައިވެރިވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. ސުޕްރީމް ކޯޓުން މިއަދު ނެރުނު އާންމު ސިޓީއެއްގައި ބުނެފައިވަނީ ހައިކޯޓަށް މައްސަލައެއް ބަލައި ނުގަތުމާމެދު ފަނޑިޔާރަކު ގޮތެއް ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން އެމައްސަލައެއް ބަލަން އެންގުމުން މައްސަލަ ބެލުމާމެދު ފަނޑިޔާރު އުޒުވެރިވާ ކަމަށެވެ. ނަމަވެސް އެމައްސަލަ ބަލައި ނުގަންނަން ނިންމި ނަމަވެސް މައްސަލަ ބަލަން ޖެހިއްޖެ ހާލަތެއްގައި އެ ފަނޑިޔާރަކު ބައިވެރިވުމަކީ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ. މިއަދުވެސް ފެށިގެން އެގޮތަށް އަމަލުކުރަމުން ދިއުމަށް ސުޕްރީމް ކޯޓުގެ ސިޓީގައި ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ