ލޯޑު މަތިވާ ވަގުތުތަކުގައި ކުޅުދުއްފުށިން ކަރަންޓު ކެނޑިދާނެ - ފެނަކަ

ލޯޑު މަތިވާ ވަގުތުތަކުގައި ކުޅުދުއްފުށިން ކަރަންޓު ކަނޑަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކަ އިން ވިދާޅުވެއްޖެއެވެ.
ފެނަކަ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކުޅުދުއްފުށީގައި ކަރަންޓު ފޯރުކޮށްދެމުންދާ އިންޖީނުތަކުގެ ތެރެއިން 1 މެގަވޯޓުގެ ޖަނަރޭޓަރަށް މި މަހުގެ 21 ވަނަ ދުވަހު ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މިމައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިންޖިނިއަރުންގެ ޓީމެއް މިހާރު ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުން ކަމަށް ފެނަކަ އިން ވިދާޅުވިއެވެ.
ކަރަންޓުގެ ޚިދުމަތް ޢާއްމު ޙާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރެއްވުމާއި ކަރަންޓު ބޭނުންކުރަމުންދާ މިންވަރު ވީހާވެސް މަދު ކުރުމަށް ފެނަކަ އިން އިލްތިމާސްކުރެއެވެ.
މިކަމާއި ގުޅިގެން ދިމާވެދާނެ އެންމެހާ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން ފެނަކަ އިން ވަނީ މައާފަށް އެދިފައެވެ.
އަދި ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމާއި، ރައްޔިތުންގެ ކެތްތެރިކަމަށްޓަކައި ފެނަކަ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ