އެމްޑީޕީ ނޫން ޕާޓީތަކަށް ފައިސާ ދޫކޮށްދޭން އެދެފި
އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ފައިސާ ދޭން އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި މިއަދު އެދެފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިސާ ދޫކުރަން އެދުނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ޕާޓީތަކަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ އެވެ. އެމްޑީޕީން މިހާތަނަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަނުން ބުންޏެވެ. ނަމަވެސް ފެށޭ މަހު އަށެއްގެ ކުރި އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅައިފި ނަމަ އެމްޑީޕީއަށް ފައިސާ ދޫކުރުމަށް ވެސް އެދޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. މެމްބަރުންގެ އަދަދަށް ބަލައި އެންމެ ގިނަ ފައިސާ ލިބެނީ ޕީޕީއެމް އަށެވެ. އެއީ 11،538،660.13 ރުފިޔާ އެވެ. ދެން އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީ އެވެ. އެއީ 7،486،732.56 ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބެނީ 2،572،392.58 ރުފިޔާ އެވެ. އަދި އެމްޑީއޭއަށް ލިބެނީ 2،650،885.58 ރުފިޔާ އެވެ. ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައި ކޮންމެ މެމްބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ