ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ސުޕުރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ފޯނު ކޯލަށް ޖަވާބު ނުދެއްވިކަމަށް ބުނެ ކަމިޝްނާ އޮފް ޕޮލިސްގެ މަގާމުން ވަކިކުރެއްވި އަހުމަދު އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ މަގާމުން ވަކި ކުރެއްވި ދުވަހުން ފެށިގެންނެވެ.
އަރީފް އެމަގާމުން ވަކިކޮށްފައިވަނީ ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ފުލުހުންގެ މުއަސަސާއިން އާއްމުކޮށް އެންގުމަށްފަހު، އެ އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން އެކަމާ ކަންބޮޑުވެލައްވައިގެ އެކަން ހުއްޓުވުމަށް ފޯނުން އަރީފަށް ގުޅުއްވުމުން އެ ފޯނަށް ޖަވާބު ނުދެއްވުމުންނެވެ.
އޭގެ ފަހުން އެމަސްއޫލިއްޔަތު ހަވާލުކުރެެއްވީ އަރީފް އާއެކު މަސައްކަތް ކުރައްވަމުން ގެންދެވި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ. ނަމަވެސް ސައުދީ އަށް އެންމެ ދުވަހެއްވެސް ހަމަ ނުވަނީސް ރައީސް ޔާމީން ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ