ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަނީ

ހުޅުމާލޭ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން ދެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އިންޖީނުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެހެންކަމުން، ޖަނަރޭޓަރުތައް މަރާމާތުކޮށް ނިމެންދެން، އިރުއޮއްސި 19:00 އާއި 23:00 އާއި ދެމެދު، ލޯޑު މަތިވާ ވަގުތުތަކުގައި، ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށްވެސް ސްޓެލްކޯގެ އިޢުލާނުގައިވެއެވެ. އަދި އެގޮތުން ކަރަންޓުގެ ޚިދުމަތް ކަނޑަމުންދާނީ އެކި ސަރަޙައްދުތަކުން ވަކިވަކިން، ކޮންމެ ސަރަޙައްދަކުންވެސް 1 ގަޑިއިރުގެ ވަގުތަކަށް ކަމަށް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
ހުޅުމާލޭގައި ސްޓެލްކޯއިން ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކަކަށް މައްސަލަ ދިމާވެ، ޚިދުމަތަށް ބުރޫ އަރާފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި، ޚާއްސަކޮށް ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ އެކި ރަށްރަށުގައި ކަރަންޓު ލިބުމުގައި ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ