އިންތިހާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ބާލާނަން - މުހަައްމާ

ރައީސް ޔާމީން ވެރިކަމުގައި ހުރެގެން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ބާލާނަން ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްހެއެވެ.
މިރޭ އއ.ރަސްދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ މިވެރިކަމުގެ ތެރޭގައި އޮތީ ވައްކަމާއި ކޮރަޕްޝަން ކަމަށެވެ.
"ސަރުކާރުގައި ތެރޭގައި އޮތީ ވައްކަމާއި ކޮރަޕްޝަން, ކުރިން ނުފެންނަ މިންވަރަށް ދަނީ ކަންކަން ފެންނަމުން. ދުނިޔެއާއި އަދި އެހެން ހިސާބަކުންވެސް ވައްކަމާއި ކޮރަޕްޝަން ނުދެކޭ ވަރަށް މި ޤައުމުން ފެނިއްޖެ" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ވެރިމީހާގެ ނުފޫޒް މުއައްސަސާތަކަށް ފޯރުވީމާ ފެންނާނެ ހުރިހާ ކަމެއް ދަނީ މި ގައުމުން ފެންނަމުން ކަމަށެވެ.
މުހައްމާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އަންނަ އިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ކޮމިޝަންގައި ހުރެގެން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.
"ޝަރީފް ވިދާޅުވި އެމަޤާމްގައި އޭނާހުރުން އެއީ ޔާމިން ހުރުމޭ, އެހެންވީމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަންޏާ ޝަރީފް ހުރެގެން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ފަނޑިޔާރުން ހުކުމެއް ކޮށްފި ނަމަ އެހުކުމެއް ތަންފީޒު ކުރަން ޖެހޭ ކަމަށާއި ފުލުހުންނަކީ ރައީސް ޔާމީން ހިމާޔަތް ކުރަން ޖެހޭ ބައެއް ނޫން ކަމަށެވެ.
"ރައީސް ޔާމީން ހިމާޔަތަކު ނޫން ފުލުހުން ތިބެން ޖެހޭނީ, ކޯޓުތަކުގެ އަމުރުތައް ތަންފީޒް ކުރަން ޖެހޭނެ, ގުޅިގެން ޔާމީން  ބަލިކުރެވޭވަރުގެ ކެނޑިޑޭޓެއް ހޯދާނަން" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ރައީސް ޔާމީން ރައީސް ކަމުގައި ބަހައްޓައިގެން އިންތިޚާބެއް ނުބޭވޭނެ ކަމަށާއި ރައްޔިތުންނާއި އިންސާފް އަދި ބައްދަލު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ