ކަރަންޓް ބިލް ބޮޑުކޮށް ހެދި މައްސަލައެއްގައި ރ. މަޑުއްވަރީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަޒީފާއިން ވަކިކޮށްފި އެވެ.
ވަޒީފާއިން ވަކިކޮށްފައިވަނީ މަޑުއްވަރީ ފެހިފަރުދާ އީސާ ހުސައިންފުޅެވެ. މިދިޔަ މެއި މަހު އެ ރަށު ހިޔާވަހިގޭ ކަރަންޓު ބިލަށް 44،382.55 ރުފިޔާ އަރާފައިވާ ގޮތަށް ރަނގަޅު ނޫން ބިލެއް އޭނާ ތައްޔާރުކޮށްފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.
ފެނަކަ އިން ބުނީ އީސާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރުމުގައި ފަރުވާ ކުޑަކޮށް އިހްމާލުވެފައިވާތީ ކަމަށެވެ. އަދި މީގެ އިތުރުން އޭނާ އިތުރަށް ވަޒީފާގައި ބަހައްޓައިފި ނަމަ އެ ކުންފުނީގެ ނަން ކިލަނބުވެ ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެތީ ކަމަށްވެސް ފެނަކަ އިން ބުނެ އެވެ.
ފެނަކައިން ބުނީ އެކަން ހިނގާފައިވަނީ ބަލަންޖެހޭ މިންގަނޑަށް ބަލާފައި ނެތުމުންނާއި، ކުރީ މަހުގެ ރީޑިންއާ އަޅާބަލާއިރު މިމަހުގެ ބިލް އެތައް ގުނައެއް ބޮޑުވުމުން ބިލިން ސިސްޓަމްގެ އެކި މަރުހަލާތަކުގައި ބިލް ޕްރިންޓް ވިޔަ ނުދީ ހިފަހައްޓާފައިވަނިކޮށް ބިލުގައި އެއްވެސް މައްސަލައެއްް ނެތް ކަމަށް ބަލައި ސިސްޓަމުން އޮތޮރައިޒް ކުރުމަށްފަހު ބިލް ޕްރިންޓް ކުރުމުން ކަމަށެވެ.
ކަރަންޓް ބިލް ބޮޑުކޮށް ހެދި މައްސަލައެއްގައި ފެނަކައިގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ