މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަގާމަށް ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރެއްވި އައިޝަތު ނަހުލާ އެދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުންނާއި ބައްދަލު ކުރައްވަން ފައްޓަވައިފިއެވެ.
މިގޮތުން މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވަނީ، އޭވިއޭޝަނ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައި މަހުމޫދު ރާޒީ އާއި ބައްދަލު ކުރައްވާފައެވެ.
މިބައްދަލުކުރެއްވުން އޮތީ ޖުމުހޫރީޕާޓީގެ އޮފީހުގައެވެ.
މަހުމޫދު ރާޒީ އާއި އެކު މިބޭއްވި ބައްދަލުކޮށްލެވުމުގައި އޭވިއޭޝަން ދާއިރާ އާއި ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުކަންވެސް ކުރެއްވި މަހުމޫދު ރާޒީ މިހާރު ހުންނެވީ، އީޔޫ ސައުތު އޭޝިއާ އޭވިއޭޝަން ޕާޓްނާޝިޕް ޕްރޮޖެކްޓްގެ، ޕްރޮޖެކްޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝާ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރައްވަން ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ