އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި އެވެ.
އުމަރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ހަރަދުކުރުމާއި އެކަމާ ގުޅޭ މަސައްކަތްތައް އެކިއެކި ފަރާތްތަކާއި ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދަން ހާއްސަ ކޮމިޓީއެއް އެކުލަވާލި ނަމަވެސް މިނިވަން 50ގެ ބައެއް މަސައްކަތްތައް ބައެއް ފަރާތްތަކާ ހަވާލުކޮށްފައިވަނީ ކޮމިޓީގެ ބައިވެރިވުމެއް ނެތި ސީދާ އޭރުގެ މިނިސްޓަރުގެ އެންގެވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ