ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދަށް
ކްރިމިނަލް ކޯޓު ހިންގުން، އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފައެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އާދަމް އާ ހަވާލުކުރަން ނިންމީ، އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުމާ ގުޅިގެންނެވެ. އެހެންކަމުން ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓު ހިންގުން، ގާޒީ އާދަމް މުހައްމަދާ ހަވާލުކުރުމަށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުން ވަނީ ނިންމައިފައެވެ. ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަލީ ރަޝީދު ހުސައިންއާއި ހދ. ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހީމް އައްޔަންކުރީ މިއަދު އެވެ. އެ ދެބޭފުޅުނަނަށް މަޖިލީހުން ރުހުން ދިނީ މިދިޔަ އާދިއްތަ ދުވަހުއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ