ވެރިކަމުގެ ނިޒާމުތަކުގައި ރައްޔިތުން

އަޅުގަނޑުމެން ގިނަ ބަޔަކަށް ހީވެފާއޮނަނީ ރައްޔިތުންގެ ބަސް ބުނެވޭ ހަމައެކަނި ނިޒާމަކީ ޑިމޮކްރަސީގެ ނިޒާމުހެނެވެ. ހަގީގަތުގައި ވެސް ރައްޔިތުންގެ ބަސް ބުނެވޭ ހަމައެކަނި ނިޒާމަކީ ޑިމޮކްރަސީތޯއެވެ. މިސުވާލަށް ޖަވާބު ހޯދުމުގެ ކުރީގައި މިނިޒާމުތަކުގެ ހަގީގަތް ދެނެގަތުމަކީ މުހިންމު ކަމަކެވެ. މިގޮތުން ފާހަގަ ކޮއްލެވޭ ވެރިކަމުގެ ނިޒާމުތަކަކީ އޮޓޯކްރަސީއާއި ޑިމޮކްރަސީއެވެ.
އޮޓަކަރެސީގެ މާނައަކީ އެކެއްގެ އަތުގާ ހުރިހާ ބާރުތަކެއް އޮންނަ ނީޒަމެވެ. މިނިޒާމުގައި ކޮންމެކަމެއްގެ އެންމެ ފަހުބަސް ބުނާނީ ވެރިޔަކަށް ހުނަމީހެކެވެ. އާމުކޮށް ރަސްކަމަކީ މިނިޒާމުގެ ވަތަރަކެވެ. ކޫރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެ ތިރީސް އަހަރުގެ ވެރިކަމަކީވެސް މި ނިޒާމުގެ ވައްތަރެއް ކަމަށް ބުނެވިދާނެއެވެ. ސަބަބަކީ ރައްޔިތުންގެ މަޖުލީހެއް އޮތް ކަމުގައި ވިޔަސް އެތާގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް މައުމޫން އަތުގައެވެ. އެއާއެކު ގާޝީ އަޔަނުކުރުމުގެ ބާރު ވެސް އޮތީ ރައީސް މައުމޫން އަތުގައެވެ. މިނިޒާމުގައި ވެރިކަމުގާއި ރައްޔިތުންގެ ބާރު ވަރަށް ކުޑަވާނެއެވެ. ހާސަކޮށް ރަސްކަމެއްގައި ރައްޔިތުންގެ ބަސް ބުނެމުގެ ފުރުސަތު ވަރަށް ކުޑަވާނެވެ. ނަމަވެސް ރައްޔިތުން އިންތިހާބު ކުރާ އޮޓަކްރެޓިކް ވެރިކަމެއް އެއްގައި ރައްޔިތުންގެ ބާވެރިވުމާ ބަސް ބުނުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ނިޒާމެއްގައި އާމުކޮށް ވޯޓްލުމުގެ ފުރުސަތު ލިބެނީ އުމުރުން ހަގުނޫން ބޭފުޅުންނަށެވެ. ގިނަފަހަރަށް 21 އަހަރުން މަތީގެ ބޭފުޅުނަށެވެ. ސަބަބަކީ އުމުރުން ހަގު ބޭފުޅުން ކަންކަން ނިމުމުގައި އަވަސްއަރުވާލުމާ އަމިއްލަ ނިންމުމަށް ވުރެ ކާރީގައި ތިބޭ މީހުންގެ ނިންމުން އެއީ އެބޭފުންގެ ނިންމުކަމަށް ހަދާ ފަހަރު ގިނައެވެ. މިގޮތަށް ކަންތަށް އޮތުމުން ވޯޓު ގަނެވިއްކުމަކީ ފަސޭހަކަމަކަށް ނުވެއެވެ. މިފަދަ ވެރިކަމެއްގައި އިހުލާސްތެރި އަދުލުވެރި ވެރިއެއް ހުރި ކަމުގައި ވަނީނަމަ ގިނަފަހަރު އެގައުމެއްގެ ކުރިއެރުން ބާރު ދުވެއްޔެއްގައި ކުރިއަރާގެންދެއެވެ. މިގޮތުން ސިންގަޕޫރުގެ ލީ ކުއަން ޔެއޫގެ ވެރިކަމުގައި އެގައުމު ފަގީރު ގައުމަކުން އެންމެ ކުރިއަރާފައިވާ ގައުމަކަށް ވެގެން ދިޔުމުގެ އަސްލަކީ ކަންކަން ކުރުމުގެ ގާބިލް ކަން ހުރުމާއެކު ގާނޫނުތަކާއި ގަވާއިދުތަށް ތަސްދީގުވެގެން އަންނަލެއް އަވަސްކަމުނެވެ.
އޮޓޯކްރަސީއާއި ހިލާފަށް ޑިމޮކްރަސީއަކީ ވެރިކަމުގެ ބާރުތަށް ބެހިފައިވާ ނިޒާމެކެވެ. ގިނަފަހަރަށް ބެހިފާއޮނަނީ ތިން ބާރެއްގެ މައްޗަށެވެ. މިތިން ބާރަކީ ވެރިކަން ހިއްގުމުގެ ބާރައި ގާނޫނު ހެދުމުގެ ބާރައި އަދުލު އިންސާފުގެ ބާރެއެވެ. މިބާރުތަށް އެކިގައުމުތަކުގައި ބެހިފާއޮންނަނީ އެކިމިންވަރަށެވެ. ހަމަ އެފަދައިން މިބާރުތަކަށް މީހުން އައްޔަނުކުރުމުގައި ރައްޔިރުންގެ ހިއްސާވުން އޮނަނީ އެކިމިން ވަރަށްށެވެ. މިނިޒާމަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ވަކާލާތު ކުރައްވާ ގޮތުގައި ހަގުއުމުރުގެ ބޭފުންގެ ބާވެރިވުން އެއީ މުހިންމު ކަމެކެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ގިނަ ބައެއްގެ ބާވެރިވުމާއެކު އުފެދޭ ވެރިކަމަކީ އެންމެ ރަގަޅު ވެރިކަމެވެ. މިގޮތުން 16 އަހަރު އެއީ ވޯޓް ލުމުގެ ހައްގު ލިބޭ އުމުރުކަމަށް ބަލާ ގައުމުތަށް އަނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އޮސްޓްރިއާ، ބްރެޒިލް، އާޖެންޓީނާ، އެސްޓޯނިއާއި ޖަރުމަން ހިމެނެއެވެ. މިނިޒާމު ބައްޓަން ވެފައިވާ ގޮތުން ގައުމުގެ ކުރިއެރުމަށް ހުރަސް އެޅޭ ގިނަކަންތަށް ތަކެއް ހުރެއެވެ. މިނިޒާމުގައި ވެރިކަން ހިންގުމުގެ ބާރުތަކުގެ ސިޔާސަތު ތަންފީޒު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ އެސިޔާސަތަކާ ގުޅިގެން ހަދަން ޖެހޭ އަދި ބަދަލު ކުރަން ޖެހޭ ގާނޫނުތަކަށް ބަދަލު ގެނައުން ލަސްވާތީއެވެ. މިކަން މިހެން ދިމާވަނީ ވެރިކަން ކުރާބަރާ ގަނޫނު ހަދައި ބާރުގެ ދެމެދު އޮންނަ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށް ބެލެވެއެވެ. މިފަދަ ނިޒާމެއްގައި ވެރިކަމުގެ ބާރުގެ ސިޔާސަތުތަށް ތަންފީޒު ނުކުރެވެން ފެށުމުން އެފަރާތަށް ލިބިފައިވާ ބާރުތަކުގެ ބޭނުން ނަހަމުގޮތުގައި ބޭނުންކުރަން ޖެހެއެވެ. ނުވަތަ ރިސްވަތު ދޭން ޖެހޭ ވަގުތު އާދެއެވެ.
އަޅުގަނޑުމެނަކީ ސައްތާން ސައްތަ މުސްލިމް ގައުމަކަށް ވެފާ އިސްލާމް ދީނުގައި ވެރިކަމުގެ ނިޒާމު އޮންނަންވި ގޮތެއް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މިކަމުގައި އިލްމުވެރިންގެ ހިޔާލު ތަފާތެވެ. ނަމަވެސް އިލްމުވެތިންގެ މެދުގައި އިއްތިފާގު ވާކަންތަށް ތަކެއް އެބަހުޓެއެވެ. ވެރިމީހާ އިޙްތިޔާރު ކުރަން ވީގޮތަކައި، ބާރުތަކެއް ދިނުމުގައި، އިސްލާމީ އަސްލުތަކާ ހިލާފުނުވާ ކޮންމެގޮތަކަށް ވެރިޔަކު އިހްތިޔާރު ކުރުމައި އެކު އެވެރިޔަކަށް ކަނޑައަޅާ ބާރުތަކެއް ދެވިދާނެއެވެ. އިސްލާމީ ނަޒަރަކުން ބަލާނަމަ، އޮޓޯކްރަސީއެއް ވިޔަސް ނުވަތަ ޑިމޮކްރަސީއެއް ވިޔަސް ވެރިކަމަކީ މާތް ރަސްކަލާނގެ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ދެއްވާ އެއްޗެއްކެވެ. ވެރިކަން ދަމަހައްޓަނީ ވެސް އެކަލާނގެއެވެ. ކިތައްމެ ބާރުގަދަ އަދި ކިތައްމެ ތާއީދު ބޮޑު ވެރިކަމެއް ވިޔަސް އެކަލާނގެ އިރާދަ ކުރެއްފި ނަމަ އެވެރިކަމެއް ނިމުމަކަށް އަންނާނެއެވެ.
އަޅުގަނޑުމެން ގިނަ ބަޔަކަށް ހީވެފާއޮނަނީ ރައްޔިތުންގެ ބަސް ބުނެވޭ ހަމައެކަނި ނިޒާމަކީ ޑިމޮކްރަސީގެ ނިޒާމުހެނެވެ. ހަގީގަތުގައި ވެސް ރައްޔިތުންގެ ބަސް ބުނެވޭ ހަމައެކަނި ނިޒާމަކީ ޑިމޮކްރަސީތޯއެވެ. މިސުވާލަށް ޖަވާބު ހޯދުމުގެ ކުރީގައި މިނިޒާމުތަކުގެ ހަގީގަތް ދެނެގަތުމަކީ މުހިންމު ކަމަކެވެ. މިގޮތުން ފާހަގަ ކޮއްލެވޭ ވެރިކަމުގެ ނިޒާމުތަކަކީ އޮޓޯކްރަސީއާއި ޑިމޮކްރަސީއެވެ.
އޮޓަކަރެސީގެ މާނައަކީ އެކެއްގެ އަތުގާ ހުރިހާ ބާރުތަކެއް އޮންނަ ނީޒަމެވެ. މިނިޒާމުގައި ކޮންމެކަމެއްގެ އެންމެ ފަހުބަސް ބުނާނީ ވެރިޔަކަށް ހުނަމީހެކެވެ. އާމުކޮށް ރަސްކަމަކީ މިނިޒާމުގެ ވަތަރަކެވެ. ކޫރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެ ތިރީސް އަހަރުގެ ވެރިކަމަކީވެސް މި ނިޒާމުގެ ވައްތަރެއް ކަމަށް ބުނެވިދާނެއެވެ. ސަބަބަކީ ރައްޔިތުންގެ މަޖުލީހެއް އޮތް ކަމުގައި ވިޔަސް އެތާގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް މައުމޫން އަތުގައެވެ. އެއާއެކު ގާޝީ އަޔަނުކުރުމުގެ ބާރު ވެސް އޮތީ ރައީސް މައުމޫން އަތުގައެވެ. މިނިޒާމުގައި ވެރިކަމުގާއި ރައްޔިތުންގެ ބާރު ވަރަށް ކުޑަވާނެއެވެ. ހާސަކޮށް ރަސްކަމެއްގައި ރައްޔިތުންގެ ބަސް ބުނެމުގެ ފުރުސަތު ވަރަށް ކުޑަވާނެވެ. ނަމަވެސް ރައްޔިތުން އިންތިހާބު ކުރާ އޮޓަކްރެޓިކް ވެރިކަމެއް އެއްގައި ރައްޔިތުންގެ ބާވެރިވުމާ ބަސް ބުނުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ނިޒާމެއްގައި އާމުކޮށް ވޯޓްލުމުގެ ފުރުސަތު ލިބެނީ އުމުރުން ހަގުނޫން ބޭފުޅުންނަށެވެ. ގިނަފަހަރަށް 21 އަހަރުން މަތީގެ ބޭފުޅުނަށެވެ. ސަބަބަކީ އުމުރުން ހަގު ބޭފުޅުން ކަންކަން ނިމުމުގައި އަވަސްއަރުވާލުމާ އަމިއްލަ ނިންމުމަށް ވުރެ ކާރީގައި ތިބޭ މީހުންގެ ނިންމުން އެއީ އެބޭފުންގެ ނިންމުކަމަށް ހަދާ ފަހަރު ގިނައެވެ. މިގޮތަށް ކަންތަށް އޮތުމުން ވޯޓު ގަނެވިއްކުމަކީ ފަސޭހަކަމަކަށް ނުވެއެވެ. މިފަދަ ވެރިކަމެއްގައި އިހުލާސްތެރި އަދުލުވެރި ވެރިއެއް ހުރި ކަމުގައި ވަނީނަމަ ގިނަފަހަރު އެގައުމެއްގެ ކުރިއެރުން ބާރު ދުވެއްޔެއްގައި ކުރިއަރާގެންދެއެވެ. މިގޮތުން ސިންގަޕޫރުގެ ލީ ކުއަން ޔެއޫގެ ވެރިކަމުގައި އެގައުމު ފަގީރު ގައުމަކުން އެންމެ ކުރިއަރާފައިވާ ގައުމަކަށް ވެގެން ދިޔުމުގެ އަސްލަކީ ކަންކަން ކުރުމުގެ ގާބިލް ކަން ހުރުމާއެކު ގާނޫނުތަކާއި ގަވާއިދުތަށް ތަސްދީގުވެގެން އަންނަލެއް އަވަސްކަމުނެވެ.
އޮޓޯކްރަސީއާއި ހިލާފަށް ޑިމޮކްރަސީއަކީ ވެރިކަމުގެ ބާރުތަށް ބެހިފައިވާ ނިޒާމެކެވެ. ގިނަފަހަރަށް ބެހިފާއޮނަނީ ތިން ބާރެއްގެ މައްޗަށެވެ. މިތިން ބާރަކީ ވެރިކަން ހިއްގުމުގެ ބާރު، ގާނޫނު ހެދުމުގެ ބާރައި އަދުލު އިންސާފުގެ ބާރެއެވެ. މިބާރުތަށް އެކިގައުމުތަކުގައި ބެހިފާއޮންނަނީ އެކިމިންވަރަށެވެ. ހަމަ އެފަދައިން މިބާރުތަކަށް މީހުން އައްޔަނުކުރުމުގައި ރައްޔިރުންގެ ހިއްސާވުން އޮނަނީ އެކިމިން ވަރަށްށެވެ. މިނިޒާމަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ވަކާލާތު ކުރައްވާ ގޮތުގައި ހަގުއުމުރުގެ ބޭފުންގެ ބާވެރިވުން އެއީ މުހިންމު ކަމެކެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ގިނަ ބައެއްގެ ބާވެރިވުމާއެކު އުފެދޭ ވެރިކަމަކީ އެންމެ ރަގަޅު ވެރިކަމެވެ. މިގޮތުން 16 އަހަރު އެއީ ވޯޓް ލުމުގެ ހައްގު ލިބޭ އުމުރުކަމަށް ބަލާ ގައުމުތަށް އަނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އޮސްޓްރިއާ، ބްރެޒިލް، އާޖެންޓީނާ، އެސްޓޯނިއާއި ޖަރުމަން ހިމެނެއެވެ. މިނިޒާމު ބައްޓަން ވެފައިވާ ގޮތުން ގައުމުގެ ކުރިއެރުމަށް ހުރަސް އެޅޭ ގިނަކަންތަށް ތަކެއް ހުރެއެވެ. މިނިޒާމުގައި ވެރިކަން ހިންގުމުގެ ބާރުތަކުގެ ސިޔާސަތު ތަންފީޒު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ އެސިޔާސަތަކާ ގުޅިގެން ހަދަން ޖެހޭ އަދި ބަދަލު ކުރަން ޖެހޭ ގާނޫނުތަކަށް ބަދަލު ގެނައުން ލަސްވާތީއެވެ. މިކަން މިހެން ދިމާވަނީ ވެރިކަން ކުރާބަރާ ގަނޫނު ހަދައި ބާރުގެ ދެމެދު އޮންނަ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށް ބެލެވެއެވެ. މިފަދަ ނިޒާމެއްގައި ވެރިކަމުގެ ބާރުގެ ސިޔާސަތުތަށް ތަންފީޒު ނުކުރެވެން ފެށުމުން އެފަރާތަށް ލިބިފައިވާ ބާރުތަކުގެ ބޭނުން ނަހަމުގޮތުގައި ބޭނުންކުރަން ޖެހެއެވެ. ނުވަތަ ރިސްވަތު ދޭން ޖެހޭ ވަގުތު އާދެއެވެ.
އަޅުގަނޑުމެނަކީ ސައްތާން ސައްތަ މުސްލިމް ގައުމަކަށް ވެފާ އިސްލާމް ދީނުގައި ވެރިކަމުގެ ނިޒާމު އޮންނަންވި ގޮތެއް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މިކަމުގައި އިލްމުވެރިންގެ ހިޔާލު ތަފާތެވެ. ނަމަވެސް އިލްމުވެތިންގެ މެދުގައި އިއްތިފާގު ވާކަންތަށް ތަކެއް އެބަހުޓެއެވެ. ވެރިމީހާ އިޙްތިޔާރު ކުރަން ވީގޮތަކައި، ބާރުތަކެއް ދިނުމުގައި، އިސްލާމީ އަސްލުތަކާ ހިލާފުނުވާ ކޮންމެގޮތަކަށް ވެރިޔަކު އިހްތިޔާރު ކުރުމައި އެކު އެވެރިޔަކަށް ކަނޑައަޅާ ބާރުތަކެއް ދެވިދާނެއެވެ. އިސްލާމީ ނަޒަރަކުން ބަލާނަމަ، އޮޓޯކްރަސީއެއް ވިޔަސް ނުވަތަ ޑިމޮކްރަސީއެއް ވިޔަސް ވެރިކަމަކީ މާތް ރަސްކަލާނގެ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ދެއްވާ އެއްޗެއްކެވެ. ވެރިކަން ދަމަހައްޓަނީ ވެސް އެކަލާނގެއެވެ. ކިތައްމެ ބާރުގަދަ އަދި ކިތައްމެ ތާއީދު ބޮޑު ވެރިކަމެއް ވިޔަސް އެކަލާނގެ އިރާދަ ކުރެއްފި ނަމަ އެވެރިކަމެއް ނިމުމަކަށް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ