އެމެރިކާގެ އެޓްލާންޓާގެ މަޖިލިސް މެމްބަރު ޖޯން ލުވިސް މަރުވެއްޖެ

އެމެރިކާގެ އެޓްލާންޓާގެ މަޖިލިސް މެމްބަރު ޖޯން ލުވިސް މަރުވެއްޖެއެވެ.
އޭނާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޢުމުރުން 80 އަހަރުގައެވެ.
ފެންކްރިއެކްޓިވް ކެންސަރަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފަރުވާ ހޯއްދަވަމުން އަންނަ ޖޯން ލުވިސް މަރުވުމާގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ބަޔާނެއް ނެރުއްވާފައެވެ.
އޮބާމާގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެމެރިކާގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރެއްވި ޖޯންއަކީ އެގައުމުދެކެ ނުހަނު ލޯބިވާ ބޭފުޅެއް ކަމަށެވެ. އަދި މިނިވަންކަމާ އަދުލު އިންސާފަށް ނުހަނު ލޯބި ކުރެއްވި ބޭފުޅެއް ކަމަށެވެ.
ކުރީގެ ރައީސް ބިލްކްލިންޓަން ނެރުއްވި ބަޔާނުގައި ވަނީ ޖޯންއަކީ އެންމެންނާވެސް ގުޅިގެން އިންސާފަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި މަޖިލީހުގައިވެސް އިދިކޮޅު ފަރާތްތަކާވެސް ގުޅިވަޑައިގެން މަސައްކަތް ކުރެއްވި މަގުބޫލު ބޭފުޅެއް ކަމަށެވެ.
އެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ޖޯން ލުއިސް އިންތިޚާބުވަޑައިގެންފައިވަނީ 1986 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ