ހުޅުމީދޫން ކަރަންޓް ކަނޑަނީ

ހުޅުމީދޫ އަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ އިންޖީނަކަށް މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެ އިން އެ ރަށުން ކަރަންޓް ކަނޑަން ފަށައިފި އެވެ.
ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހުޅުމީދޫން ކަރަންޓް ކަޑަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުދޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 2:00 ޖެހުމާ ހަމައަށް ކަރަންޓް ކަނޑާލައެވެ. އަދި މީދޫން ކޮންމެ ރެއަކު 8:00 އިން :00 10 އަކަށް ކަރަންޓް ކަނޑާލައެވެ.
ހުޅުމީދޫ އަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަަނީ 103 ކިލޯވޮޓްގެ ތިން އިންޖީނެއެވެ. އަދި ސާކް ސަމިޓް ދުވަސްވަރު ހުޅުމީދި އަށް ގެނައި 500 ކިލޯ ވޮޓްގެ 2 ޖަނަރޭޓަރުގެ ތެރެއިން 1 ޖަނަރޭޓަރ ސެޓް ބޭރުގައި ބަހައްޓައިގެން ވަގުތީ ގޮތުން ދަނީ ހިދްމަތް ދެމުންނެވެ. އަދި 500 ކިލޯވޮޓްގެ އެއް ޖަނަރޭޓަރު ސެޓް ގެނައި ގޮތަށް އިންސްޓޯލް ނުކޮށް ބަހައްޓާފައި އެބަހުއްޓެވެ.
ކުރިން ސަދަން ޔުޓިލިޓީން ލިމިޓެޑް (އެސްޔޫއެލް) އިން ހިންގި މި އިންޖީނުގެ މިހާރު ވަނީ ފެނަކަ ކޯޕަރޭޝަނަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ