”ހަތެއް ފެބްރުއަރީގައި ކުރި ބަޣާވާތާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަށް އިންޑިއާއިން އެހީވާނެ“ : ޑރ. ޝަހީދު

ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު | ފޮޓޯ: ހަވީރުހަތެއް ފެބްރުއަރީގައި ކުރި ބަޣާވާތާ ދެކޮޅަށް އެމްޑީޕީ އިން ކުރާ މަސައްކަތަށް އިންޑިއާއިން އެހީވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.ރޭ ޝަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތެއް ފެބުރުއަރީ ގައި ކުރި ބަޣާވަތާއި ދެކޮޅަށް އެމްޑީޕީން މިހާރު ކުރާ މަސައްކަތުގައި އިންޑިއާއިން އެހީތެރިވާނޭ ކަމަށާއި، އިބުރާހިމް ހުސެން ޒަކީވެސް ހުންނެވީ އިންޑިއާގައި ކަމަށެވެ.I am sure India will help any efforts MDP now makes to reverse the coup of 7 Feb! And IHZ is in India!— ahmed shaheed (@ahmedshaheed) December 23, 2012ޑރ. ޝަހީދު މިހެން ވިދާޅުވެފައިވާއިރު ރައީސް މުހައްމަދު ވަހީދުގެ ސަރުކާރު އިންގިލާބަކުން ބަދަލުކޮށްލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ޑިސެންބަރު 11 ވަނަދުވަހު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ގަރާރު ފާސްވީ، އެ ބައްދަލުވުމުގައި ބައިވެރިވި 30 މެމްބަރުންގެ އިއްތިފާގުންނެވެ.މި ހިނގާ ޑިސެންބަރު މަހުގެ 16 ވަނަދުވަހު ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޒަކީ ވިދާޅުވީ ދެން ރާއްޖެއަށް ވަޑައިގެންނަވާނީ ޑިމޮކުރެޓިކް ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެވުނު ދުވަހަކުން ކަމަށެވެ. މިއަދު ރާއްޖޭގައި ހިނގަމުންދަނީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި މިވެރިކަން ނިމި މިނިވަން އިންތިޚާބެއް ރާއްޖޭގައި ބޭއްވި އާ ރައީސް އެއް އިންތިޚާބު ކުރުމުން ނޫނީ ދެން ރާއްޖެ ނާންނާނެ ކަމަށް ޒަކީ ވިދާޅުވެފައިވެ އެވެ.މީގެ އިތުރުން ޒަކީ ވަނީ ވެރިކަމުގައި ތިބިނަމަ ޖީއެމްއާރު ހިމާޔަތް ކުރުމަށް އިންޑިއާ ސިފައިން ގެންނާނެ ކަމަށާއި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ އަޑީގައި ހުރި ޕްލޮޓް ޖަމާއަތުގެ އިސްވެރިޔާ އުމާ މަހޭޝްވަރަން އާ ލަންކާގައި އެއްކޮޓަރިން ދިމާވެފައިވާ ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ