އިންތިހާބާ ގުޅޭ މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށްފަހު، އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހަޅައިފި އެވެ. އިލެކްޝަންސްގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މައްސަލައިގެ ތެރޭގައި ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެފަދަ ކަމެއް އެކުލެވޭތީ ކަމަށެވެ. https://twitter.com/ElectionsMv/status/1239778754399883264 ކޮރޯނާވައިރަހުގެ ނުރައްކާ ރާއްޖެއަށްވެސް އައިސްފައިވާއިރު، އާންމު ސިއްހަތުގެ ނުރައްކާ މުޅި ރާއްޖެއަށް އިއުލާނުކުރުމުން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންތިހާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކުރާކަން އިއުލާންކޮށްފަ އެވެ. އެއާއެކު ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އެއީ ކެމްޕޭން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެފަ އެވެ. އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފް އެދުވަހު ވިދާޅުވީ އިންތިހާބު ފަސްކުރުމާއެކު މިހާރުގެ ކައުންސިލްތަކުގެ ދައުރާ މެދު ބަހެއް ބުނުމުގެ ހައްގެއް ކޮމިޝަނަށް ނެތް ކަމަށެވެ. ކޮމިޝަނުން ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފަިއވަނީ އެޗްޕީއޭ ނުވަތަ ކަމާބެހޭ ފަރާތްތަކުން ރާއްޖޭގެ ހާލަތު، އާންމު ހާލަތަކަށް އަތުވެއްޖެކަމަށް އިއުލާންކުރާ ދުވަހުން ފެށިގެން ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް ބޭނުންވާނެ މުއްދަތު ހިމަނާފައި ވޯޓުލާނެ ދުވަހުގެ ތާރީހެއް ކަނޑައަޅައި ދިނުމަށެވެ. ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަންނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފަ އެވެ. އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހަޅާފައިވައިރު އާންމުންވެސް ވަނީ އިންތިހާބު ފަސްކުރުމަށް ގޮވާލައިފައެވެ. މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި އެއް ސަފާރީން 13 ބިދޭސީއަކު ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ