އެމްޑީޕީއާ ދެކޮޅަށް އަޅުގަނޑު ބަޔާނެއް ނުނެރެން: އަބްދުﷲ ޝާހިދު
އެމްޑީޕީއާ ދެކޮޅަށް މިއަދު ނޫސްބަޔާނެއް ނެރުއްވާފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހަށް އޭނާ ވޯޓު ދެއްވި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެމްޑީޕީއާ ދެކޮޅަށް އޭނާ ބަޔާނެއް ނެރުއްވާފައިނުވާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ އެ އިސްލާހަށް ވޯޓު ދެއްވި 10 މެމްބަރުންގެ ނަމުގައި މީޑިއާތަކަށް މިއަދު ފޮނުވި ބަޔާނުގައި އޭނާ ސޮއިކުރައްވާފައިނުވާނެ ކަމަށާއި އެއީ އޭނާއަށް އެނގިވަޑައިގެން ނެރެފައިވާ ބަޔާނެއް ނޫން ކަމަށެވެ. ކަނޑައެޅިގެން ގޯސްވާހަކައެއް. އަޅުގަނޑު އެއްޗެއް ނެރެންޏާ އަޅުގަނޑުގެ ނަމުގައި ނުކުންނަން ޖެހޭނީ. އަޅުގަނޑުގެ ސޮޔާ އެކީގައި. ވަރަށް ދެރަކޮށް ހިނގާފަ އޮތް ކަމެއް އިނގޭތޯ އަބްދުﷲ ޝާހިދު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އޭނާ ވެސް އެފަދަ ބަޔާނެއް ނެރެފައިނުވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާ ބަޔާނެއް ނެރޭނަމަ އެ ބަޔާނުގައި އޭނާގެ ސޮއި އޮންނާނެ ކަމަށާއި އެއީ ވަރަށް ޒިންމާދުކަން ކުޑަގޮތަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ