ޕީޕީއެމްގެ މެމްބަރުން ގިނަގިނައިން ބައްދަލުވުމަށް ރައީސް މައުމޫން އެދިވަޑައިގެންފި

އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ޕީޕީއެމްގެ މެމްބަރުން ގިނަގިނައިން ބައްދަލުވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ. ސަލްސާ ރޯޔަލުގައި އިއްޔެ މެންދުރު ޕީޕީއެމްގެ މެމްބަރުންނަށް ދެއްވި މާހެފުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމަކީ ވަރަށް އެކުވެރި ބައެއް އުޅޭ ޕާޓީއެއް ކަމަށެވެ. އެހެންނަމަވެސް ވަގުތުގެ ދަތި ކަމުން ބައެއް ފަރާތްތަކާ ބައްދަލުނުވެ ހުންނަ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އިއްޔެގެ ހަފުލާގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން "އަޅުގަނޑުމެންގެ ޕާޓީ އަކީ ވަރަށް ހަރުދަނާ ވަރަށް ބޮޑު ޕާޓީއެއް. އަޅުގަނޑުމެން ޕާޓީގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާ އެއްބައިވަންތަ ކަމަކީ ވަރަށް މުހިއްމު އެއްޗެއް. އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ އެއްބައިވަންތަކަން އިތުރަށް އާލާ ކުރަން ޖެހޭ. އަޅުގަނޑުމެން ގިނަ ގިނައިން އެބަ ބައްދަލުވާން އެބަ ޖެހޭ،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ، ގިނަގިނައިން ބައްދަލުވުމުގެ ފުރުސަތު އެންމެ ބޮޑަށް ލިބިވަޑައިގަންނަވާނީ އެ ޕާޓީގެ މަޖިލިސް މެމްބަރުންނަށް ކަމަށެވެ. އެހެންނަމަވެސް ޕާޓީގެ އެހެން މެމްބަރުންނާއި މަޖިލިސް މެމްބަރުންނާ ބައްދަލު ކުރަން ދަތި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެހެންކަމުން ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި ތަރާވީހެއް ބާއްވައި އެކަކު އަނެކަކު ބައްދަލުވާން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ސަލްސާ ރޯޔަލުގައި ރައީސް މައުމޫން އިއްޔެ ދެއްވި މާހެފުމުގެ ތެރެއިން: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން ބައެއް މިސްކިތްތަކުގައި ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ އިރު ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގައި ސަމާލުވުމަށް ރައީސް މައުމޫން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ