ހައިކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ކުރިން ފުރުއްވި ޑރ.އަޒްމިރަލްދާ ޒާހިރާއި، މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވި ޢާއިޝަތު ޝުޖޫން ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ހަމަޖެއްސެވުމާމެދު ލަފައކަށް ޖޭއެސްސީގެ ކިބައިން ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ. ރައްޔިތުން މަޖިލހުން ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިޞްލާޙެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 ފަނޑިޔާރުންނަށް އިތުރުކުރުމާއެކު، ސުޕްރީމު ކޯޓަށް އިތުރު ދެފަނޑިޔާރުން ޢައްޔަންކުރަން ޖެހިފައިވެއެވެ. އެދެމަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސް އިޚުތިޔާރުކުރައްވާފައިނަވީ ދެއަންހެން ބޭފުޅުންނެވެ. އަލްއުސްތާޛާ ޢާއިޝަތު ޝުޖޫނަކީ ދިވެހިރާއްޖޭގެ ކޯޓަކަށް ފުރަތަމަ ޢައްޔަނުކުރެވުނު އަންހެން ބޭފުޅާއެވެ. އެކަމަނާ އެންމެ ފުރަތަމަ މަދަނީ ކޯޓުގެ ޤާޟީކަމަށް ޢައްޔަނުކުރެއްވުނީ ޑރ.މުޙައްމަދު ޖަމީލު އަޙުމަދުގެ ޖަސްޓިސް މިނިސްޓަރުކަމުގައެވެ. މަދަނީ ކޯޓުގެ ފަނޑިޔާރުކަމުން އެކަމަނާ އިސްތިއުފާދެއްވީ 2015ވަނަ އަހަރުއެވެ. ޑރ.އަޒުމިރަލްދާ ޒާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވި ހަމައެކަނި އަންހެން ބޭފުޅާއަކީ އެކަމަނާއަކީ ޤާޟީކަމުގެ މަޤާމުގައި، ޖުޑީޝަރީގައި ތިއްބެވި ދެ ޕީއެޗްޑީ ހޯލްޑަރުންގެ ތެރެއިން އެއްބޭފުޅާއެވެ. އަނެއް ބޭފުޅަކީ މިހާރުގެ އުއްތަމަ ފަނޑިޔާރެވެ. ޑރ.އަޒުމިރަލްދާއާއި އަލްއުސްތާޛާ ޝުޖޫނު ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް ޢައްޔަނުކުރެވިއްޖެނަމަ ދެބޭފުޅުން ވެވަޑައިގަންނަވާނީ އެންމެ މަތީ ކޯޓުގެ ބެންޗުގައި ތިއްބަވާ ފުރަތަމަ އަންހެން ބޭކަނބަލުން ކަމުގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ނާޅި
ރައީސު އިބްރާހިމް މުހައްމަދު ސޯލިހު އިސްލާމް ދީން ހިމާޔަތް ކުރާގޮތަކީ މީތޯ ؟
REPLY
REPLY
ދޫނިރާއްޖެ
އެމްޑީޕީން މިރާއްޖޭގައި މަރުގެ ހުކުމާއި ހުދޫދު ތަންފީޒުކުރަން ހުރަސްއަޅާ މަތީ ކޯޓާއި މެދުގައި ޝައްކު އުފައްދާ ފަޑިޔާރުންނާއި ފަޑިޔާރު ގެޔާއި މެދުގައި ޝައްކު އުފައްދަން ޖޭއެސްސީއޭ ކިޔާ ސިޔާސީ އެމްޑީޕީ ޖަގަހައިން ކުރާކަމެއްތީ !
REPLY
ކާލި
5 މިލިޔަން ޑޮލަރު ޤާޒީޔަށް ހުށަހެޅި ކަމަށް ބުނާ ފަޑިޔާރު ދޯ އެފަ ދަ ހުށަހެޅުން ހުށަހެޅުނީ ކީއްވެތޯ ؟
REPLY
ކާލި
5 މިލިޔަން ޑޮލަރު ޤާޒީޔަށް ހުށަހެޅި ކަމަށް ބުނާ ފަޑިޔާރު ދޯ އެފަ ދަ ހުށަހެޅުން ހުށަހެޅުނީ ކީއްވެތޯ ؟
REPLY
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް އަޒުމިރަލްދާއާއި ޝުޖޫން ހަމަޖައްސެވުމާމެދު ލަފައަކަށް ރައީސް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ