މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ ދިފާއުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ދިޔާނާ ސައީދު އަޑު އުފުލައިފިއެވެ.
ނުސީދާކޮށް އެ ރިޕޯޓުގެ ދިފާއުގައި ދިޔާނާ ކުރެއްވި ޓްވީޓުތަކެއްގައި ވަނީ ކުރީގެ ނައިބް ރައީސް، ޑރ. ޖަމީލާއި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒަށްވެސް ރައްދު ދެއްވާފައެވެ.
ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ މިއަދު ވިދާޅުވީ ޝަރީއާއާއި ގާނޫނުތައް ބުނާ ގޮތުން މީހަކާ މެދު ތުހުމަތު އުފުލިފައި ވާ މީހަކަށް އެ ތުހުމަތުތައް އުފުލުނު މައްސަލައެއް ނުބެލޭނެއެވެ. އަދި އެއީ ތަޢައްސުބުން އެއްކިބާވެފައިވާ ކަމަކަށް ނުވާނެ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފަތުރާ ބައެއް ކަމަށް ބުނެ ބައެއްގެ ނަން ތަކެއް ލިސްޓު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ލިސްޓުގައިވާ ފަރާތްތަކަށް ތަޢައްސުބެއް ނެތި އެ ރިޕޯޓު ދިރާސާ ނުކުރެވޭނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެއާއެކު އެންމެ ރަނގަޅު ގޮތަކީ މިނިވަން ޕެނެލަކުން އެ މައްސަލަ ތަހުގީގު ކުރުން ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ އިޝާރާތް ކުރައްވަނީ ކޮން ނަމެއް ލިސްޓުގައި އޮވެގެން ކަމެއް ވިދާޅު ނުވިނަމަވެސް އެރިޕޯޓުގައި ހިމަނާފައިވާ ލިސްޓުގައި ރާއްޖޭގެ ބައެއް އިލްމުވެރިންގެ ނަން ހިމެނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ދިޔާނާވެސް އެމްޑީއެން ރިޕޯޓުގެ ދިފާއުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ