.އަތޮޅު ޤުރުއާން މުބާރާތުން ށ.މިލަންދޫ ސްކޫލް އެއް ވަނަ ހޯދާފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެސުކޫލުގެ ދަރިވަރުންނަށް ށ.މިލަންދޫ ޕޮލިސް ސްޓޭޝަނުން ޙާއްސަ ޑިނަރ ނައިޓެއް ބާއްވައިފިއެވެ.
މި މާރޗް މަހުގެ 27 ވަނަ ދުވަހުގެރޭ ށ.މިލަންދޫ މަލްޓިޕާޕަސް ހޯލްގައި ބޭއްވި މިޑިނަރ ނައިޓްގައި ދަރިވަރުންނަށް އިނާމު ބައްސަވައިދެއްވީ ޤުރުއާން ޓީޗަރ އަޙްމަދު ފިރާޤުއެވެ.
މި ޑިނަރ ނައިޓްގައި ޤުރުއާން ޓީޗަރ އަޙްމަދު ފިރާޤް ވަނީ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުން މިކަން ފާހަގަ ކުރުމުގެ ކުރިން މިފަދަ ކަމެއް ކުލަގަދަކޮށްފާހަގަ ކޮށްދެއްވިކަމަށްޓަކައި މިލަންދޫ ޕޮލިސް ސްޓޭޝަންގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންވެސް އަދިވެސް މަސައްކަތް ކުރަންވީ މިހާރަށްވުރެވެސް ކުރިއަށް ދިއުމަށް ކަމަށް ފިރާޤް ވިދާޅުވިއެވެ.
މިލަންދޫ ޕޮލިސް ސްޓޭޝަން އިންޗާރޖު ޕޮލިސް ސަރޖަންޓް މުޙައްމަދު މަންޞޫރު ދެއްކެވި ވާހަކަފުޅުގައި ށ.މިލަންދޫ ސްކޫލުން މިމުބާރާތުގައި ބައިވެރިވެ ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރާކަމަށާއި މިލަންދޫ ސްކޫލްގެ ޤުރުއާން ޓީޗަރާއި ސުކޫލްގެ މެނޭޖްމަންޓްގެ އިތުރުން ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންނާ އަދި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތައް ފާހަގަކުރެއްވިއެވެ. އަދި މައިން ބަފައިންނަކީ ދަރިންނަށް ނަމޫނާ ބައަކަށް ވާންޖެހޭކަމަށާއި އެހެން ކަމުން ހެދިފައިވާ ޤާނޫނު ތަކަށާއި ޤަވައިދުތަކަށް ހުރުމަތްތެރިކޮށްހިތާ ބަޔަކަށް ބެލެނިވެރިން ވެގެން ނޫނީ ދަރިވަރުން ގައިގައި އެއާދަ އަށަގެންނެވޭނެ ގޮތެއް ނޯންނާނެކަމަށް ވިދާޅުވިއެވެ
މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް ދެއްކެވި ވާހަކަ ފުޅުގައި ޤުރުއާން މުބާރާތުން 1 ވަނަ ލިބިފައިވާތީ އެކަމަށް ވަރަށް އުފާކުރައްވައިި މިކަން ފާހަގަކުރުމަށްޓަކައި މިލަންދޫ ޕޮލިސް ސްޓޭޝަނުން މިފަދަ ޑިނަރ ނައިޓެއް ބާއްވައިދެއްވީތީ މިލަންދޫ ޕޮލިސް ސްޓޭޝަނަށް ޝުކުރުއަދާކުރެއްވިއެވެ.އަދި މިލަންދޫ ޕޮލިސް ސްޓޭޝަންއަކީ އަބަދުވެސް މިލަންދޫ ސްކޫލާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ސްޓޭޝަނެއްކަން ފާހަގަކުރެއްވިއެވެ.
މިލަންދޫ ޕޮލިސް ސްޓޭޝަނުން މިމުބާރާތުގައި ބައިވެރި 15 ދަރިވަރުންނަށާއި ޤުރުއާން ޓީޗަރަށް އިނާމް ދިނެވެ. މި ޑިނަރ ނައިޓްގައި މިލަންދޫ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ގިނައަދަދެއްގެ ޓީޗަރުންނާއި ފުލުހުން ބައިވެރިވެފައިވެއެވެ.
ށ.އަތޮޅު ޤުރުއާން މުބާރާތުން މިލަންދޫ ސްކޫލް 1 ވަނަ ހޯދާފައިވާތީ އެކަމުގެ އަގުވަޒަންކޮށް ފުލުހުން ޑިނަރ ނައިޓެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ