ހިޔުމަން ރައިޓްސް ކްއިޒް 2016ގެ ފައިނަލް "މެޗް" "ކުޅެ" އިމާދުުއްދީން ސްކޫލް ޗެމްޕިއަންކަން ޙޯދައިފި

ހިޔުމަން ރައިޓްސް ކްއިޒް 2016ގެ ފައިނަލް "މެޗް" "ކުޅެ" އިމާދުުއްދީން ސްކޫލް "ޗެމްޕިއަންކަން" ޙޯދައިފިއެވެ.
މިމުބަރާތުގެ ފައިނަލް "މެޗް" ގައި ވާދަކުރީ ތާޖުއްދީން ސްކޫލް އާއި އިމާދުއްދީން ސްކޫލްއެވެ. މުބާރާތުގައި ތާޖުއްދީން ސްކޫލަށް ލިބިފައިވަނީ 100 ޕޮއިންޓެވެ. އިމާދުއްދީން ސްކޫލް "ޗެމްޕިއަންކަން" ޙޯދީ 105 ޕޮއިންޓް ހޯދައިގެންނެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު މެންދުރުފަހު "ކުޅުނު ފައިނަލް މެޗް" ޝަރަފުވެރިކޮށްދެއްވީ ދިގު މުއްދަތެއްގައި ދައުލަތުގެ މަތީ މަޤާމުތަކެއްގައި ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ، އެމްއީއެސްގެ ބާނީ އަހްމަދު ޒާހިރު (ސީނާ ޒާހިރު) އެވެ.
މިރަސްމިއްޔާތުގައި އަހްމަދު ޒާހިރު ވިދާޅުވީ ކަމެއް ދިރުވަން ބޭނުންނަމަ ދަރިވަރުންނަށް އެކަމުގެ މައުލޫމާތު އޮޅުންފިލުވައިދޭންޖެހޭ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސްކަމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތު ދަރިވަރުންނަށް ދެއްވި ކަމަށާއި އެކަމުގެ ހަރަކާތްތަކުގައި ބައިވެރިވި ބައެއް ދަރިވަރުން މިއަދު ތިބީ މަޖިލިސް މެންބަރުންގެ ގޮތުގައި ކަމަށެވެ. އަދި ކޮންމެ ގޮތަކަށް އެމެންބަރުން މަސައްކަތްކުރި ނަމަވެސް ކުރަނީ ކުރާކަންކަން އެނގިތިބެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ