ޣައްޒާއިން ކަރަންޓު ކެނޑި 70،000 އަށްވުރެ ގިނަ މީހުން ކަނު އަނދިރީގައި

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ރޭ ބަދަލު ކުރެވުނު ހަމަލާތަކުގައި ޣައްޒާއިން ކަރަންޓު ކެނޑި 70،000 އަށް ވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރު ކުރަން ފަށައިފި އެވެ.
ޣައްޒާއިން ކަރަންޓު ކެނޑިފައިވަނީ އިސްރާއީލުން ރޭ ދިން ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުން އިސްރާއީލަށް ފޮނުވި ރޮކެޓް ހަމަލާ ޣައްޒާއަށް ކަރަންޓު ދޫކުރާ އިންޖީނުގެއެކަށް އަމާޒު ވުމުން ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ. މި އިންޖީނު ގެއަކީ އިސްރާއީލުގައި ހުންނަ އިންޖީނު ގެއެކެވެ. ޣައްޒާގެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދެނީ މި އިންޖީނުގެ މެދުވެރިކޮށެވެ.
ޣައްޒާގެ ރައްޔިތުން ކަނު އަނދިރީގައި ތިބި އިރު އެ ރައްޔިތުން ވަނީ އަސާސީ ހިދުމަތް ތަކުން މަހުރޫމުވެ ބިރުވެރި ކަމެއްގެ ތެރޭގައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމާލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 172 މީހަކު ޝަހީދު ކޮށްލާފައިވާއިރު 1146 މީހަކު ވަނީ ޒަޙަމް ކޮށްލާފައެވެ.
އަދި 17000 އެއްހާ މީހުން ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައިވާ ކަމަށް އދ ގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
އިސްރާއީލުން ބުނެފައި ވަނީ އެމީހުންގެ ހަމަލާތައް އަމާޒު ކުރަނީ ޣައްޒާގެ ޓެރަރިސްޓުންނަށް ކަމަށެވެ. ނަމަވެސް އދ ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ޝަހީދުވި މީހުންގެ 77 އިންސައްތަ އަކީ ފަލަސްތީނުގެ އާންމުންނެވެ.
އިސްރާއީލާއި ފަލަސްތީނުގެ މަސްރަހު ގޯހުން ގޯހަށް ގޮސްފައިވާއިރު އިސްރާއީލްގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މަޝްވަރާތައް ކޮށް ސުލްހަ ގާއިމް ކުރުމަށް ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ