ސައުދީ އަންހެން ކުއްޖެއް ކައިވެނި ކުރުމަށް ކޯޓުން ހުކުމް ކޮށްފި

ސައުދީ އަރަބިއްޔާގައި، އަންހެން ކުއްޖަކު ކައިވެނި ކުރުމަށް އެޤައުމުގެ ޝަރުޢީ ކޯޓަކުން ހުކުމް ކޮށްފި އެވެ.
ކޯޓުގައި މި މައްސަލަ ހިންގާފައި ވަނީ، އަންހެން ކުއްޖާ ކައިވެނި ކުރުމަށް އޭނާގެ ބައްޕަ ދެކޮޅު ހެދުމުންނެވެ.
ޖިއްދާގައި ނެރޭ "އަލް ވަޠަން" ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަންހެން ކުއްޖާގެ ކައިވެންޏަށް، އެކުއްޖާގެ ބައްޕަ ހުރަސް އެޅީ، އެކުއްޖާ ކައިވެނި ކުރުމަށް ފަހު، ވަޒީފާ އަދާކޮށްގެން ލިބޭ ފައިސާ އާއިލާއަށް ނުލިބޭނެތީ އެވެ.
އެހެން ކަމުން،  އަންހެން ކުއްޖާ ވަނީ ބައްޕައާ ދެކޮޅަށް ކޯޓުގައި ދަޢުވާ ކޮށްފަ އެވެ. އަދި އޭނާއަށް ކައިވެންޏަށް ހުށަހެޅި ހުރިހާ އެންމެންނަށް ވެސް ކައިވެނި ކުރުމުގެ ހުއްދަ ބައްޕަ ނުދިނީ، އޭނާއަށް ލިބޭ މަހު މުސާރަ ކައިވެނި ކުރާ ފަހުން ބައްޕައަށް ނުލިބޭނެތީ ކަމަށް އެ ދަޢުވާގައި ބުނެފައި ވެ އެވެ.
މި މައްސަލަ، ސައުދީ ފުލުހުން ތަހްޤީޤު ކުރުމަށް ފަހު އަންހެން ކުއްޖާ ހަދަނީ ތެދުކަން ސާބިތު ވުމުން، ކޯޓުގައި މި މައްސަލަ އަންހެން ކުއްޖާއާ އެއްކޮޅަށް ނިންމައިދިނުމަށް ވަނީ އެދިފަ އެވެ.
މިހެން ކަމުން، އެ ކޯޓުން ވަނީ އަންހެން ކުއްޖާ، އޭނާގެ ބައްޕަގެ ބެލެނިވެރިކަމުން ވަކިކޮށް، އެ ކުއްޖާއާ ކައިވެނި ކުރުމަށް އެންމެ ފަހުން ހުށަހެޅި ފިރިހެން މީހާއާ ކައިވެނި ކުރުމަށް ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ