ކަންކަން އިޞްލާޙްކުރުމަކީ ތަރައްޤީއަށާއި ކުރިއެރުމަށް ލިބޭ އެންމެ ބޮޑު ބާރު ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވަނީ ޕީޕީއެމް ތެރޭގައި އިޞްލާޙްކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި އިޞްލާޙީ އެޖެންޑާއެއް އެކުލަވައިލައްވައިފައެވެ.
ރައީސް މައުމޫނުގެ އިޞްލާޙީ އެޖެންޑާ އާއި ގުޅިގެން އެ ޕާޓީގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ފިނަ އަދަދެއްގެ މެންބަރުން ވަނީ ތަފާތު މޭރުންތަކުން ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ ކެންޕޭނު ރައީސް ޔާމީން ކުރިއަށް ގެންދަވަން ބޭނުންފުޅުވަނީ 2013 ވަނަ އަހަރު ފަދައިން ރައީސް މައުމޫނާއި ގުޅިވަޑައިގެން ދެބޭފުޅުން އެކުގައިކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ހޯމް މިނިސްޓަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި އުމަރު ނަޞީރު ވަނީ ރައީސް މައުމޫނުގެ ތާއީދު ދެން ރައީސް ޔާމީނަށް ނުއޮންނާނެކަމަށް ދޭހަވާ ގޮތަކަށް ވާހަކަފުޅު ދައްކަވައިފައެވެ.
ކަންކަން އިޞްލާޙްކުރުމަކީ ތަރައްޤީއަށާ ކުރިއެރުމަށް ލިބޭ އެންމެ ބޮޑު ބާރު: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ