18 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ 1 ވަނަ ކެޑޭޓުންނަށް ޢާއިޝަތު އިނާން އަބްދުﷲ، ހައިފް ޙުސައިން މުޙައްމަދު

18 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ހުރިހައި ގޮތަކުން އެންމެ މޮޅު އަންހެން ކެޑޭޓަށް ސަރޖަންޓް ޢާއިޝަތު އިނާން އަބްދުﷲ އަދި އެންމެ މޮޅު ފިރިހެން ކެޑާޓަށް ހައިފް ލާންސް ކޯޕްރަލް ޙުސައިން މުޙައްމަދު ހޮވިއްޖެއެވެ.
18 ވަނަ ކެޑޭޓް ކޭމްޕުގައި ކިޔަވައިދިން މާއްދާއިން އެންމެ މޮޅު ކެޑޭޓުގެދަރަޖަ ހޯދީ ތަހްނީމް ތައުފީޤް އެވެ. އެއްވަނަ ޕްލެޓޫނަކަށް ހޮވުނީ މައިކް ޕްލެޓޫން އެވެ.
މިކޭމްޕުގައި 31 ސްކޫލެއްގެ 137 ދަރިވަރިވަރުން ބައިވެރިވިއެވެ. މީގެ އިތުރުން ބަންގްލަދޭޝް، ސްރީލަންކާ އަދި އިންޑިއާގެ ދަރިވަރުންވެސް ބައިވެރިވިއެވެ.
ޤައުމީ ކޑޭޓް ކޭމްޕަކީ ކެޑޭޓުންގެ ސިލަބަހުގައި ހިމެނޭ މާއްދާތައް ފުރިހަމަކުރުމަށް ހިންގާ ކެޑޭޓް ކޭމްޕެކެވެ. މިއަހަރުގެ ކެޑޭޓް ކޭމްޕް ހިންގީ ގިރިފުށި ޓްރޭނިންގ ސެންޓަރުގައެވެ. މުދައްބިރުންގެ ގޮތުގައި ކިޔަވައިދެއްވީ އެމްއެންޑީއެފް އާއި ޤައުމީ ކެޑޭޓްކޯގެ މުދައްބިރުންނެވެ.
ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މިނިސްޓަރ އާދަމް ޝަރީފް އުމަރު އެވެ. މިރަސްމިއްޔާތުގައި ބެލެނިވެރިންވެސް ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ