މިރާއްޖޭގައި މިހާރު ހިނގަމުން މިދާ ހަމަނުޖެހުންތަކުގައި ގިނަ ފަރާތްތަކަށް އަނިޔާލިބި ޝަރުއީ ދާއިރާގެ ހުރުމަތްކެނޑޭ ފަދަ އަމަލުތައް ފެންމުންދާ ކަމަށާއި އެ އަމަލުތައް ކުށްވެރިކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން ދަ މޯލްޑިވްސް ]އެޗްއާރުސީއެމް[ އިން ބުނެފި އެވެ.
ރާއްޖޭގައި ހިނގަމުން މިދާ ހަމަނުޖެހުންތައް ކުށްވެރިކޮށް އެޗްއާރުސީއެމް ރޭ ނެރުނު ބަޔާނުގައި ބުނަނީ މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ރައްޔިތުނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލެމުންދާ ކަމަށެވެ.
އެހެން ކަމުން މުޖުތަމައުގެ އަމާންކަމަށާއި އަމިއްލަ ފަރުދުންގެ ކަރާމާތައް ބުރޫނާރާނެ ގޮތަށް އަމަލުތައް ބަހެއްޓުމަށް އަމަން އަމާންކަން ބަލަހައްޓަވާ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްމާސްކޮށްފަ އެވެ.
'''އެއްވުންތަކަށް ނިކުމެ އުޅޭފަރާތްތަކުން ސުލްހަވެރިކަން ދެމެހެއްޓޭނެ ގޮތަށް ، އެއްވެސް ފަރާތަކަށް އަނިޔާ އާއި ގެއްލުންވާނެ ފަދަ އެއްވެސް ހަތިޔާރެއް ބޭނުން ނުކުރުމާށާއި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކުން އެއްކިބާ ވުމަށާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކުރަމެވެ.'' އެ ބަޔާނުގަވެ އެވެ.
މީގެ އިތުރުން އެކަން ކަމަށް ހައްލެއް ގެނައުމަށް އެކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޝަރުއީ ދާއިރާގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ކުށްވެރިކުރަން: އެޗްއާރުސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ