އަލްޖީރިޔާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ގޮވުމުގެ ހާދިސާގައި 103 މީހުން މަރުވެއްޖެ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
އަލްޖީރިޔާގެ އޮފިޝަލުން ބުނީ މި މަތިންދާ ބޯޓް ދަތުރުކުރަމުންދިޔައީ މޫސުން ވަރަށް ގޯސްކޮށް އޮއްވާ ކަމަށާއި މި ބޯޓް ގޮސްޖެހުނީ ޖެބާލް ފާޓަސް ކިޔާ ފަރުބަދައެއްގައި ކަމަށެވެ.މި ފަރުބަދައިގައި ޖެހުމުގެ ކުރިން މި ބޯޓް އޮތީ ކޮންސްޓަންޓައިން އެއާޕޯޓުގައި ޖައްސާގޮތަށް ކަމަށްވެސް އޮފިޝަލުން ބުޏްނެވެ.
ބޯޓުން 4 ކްރޫ މެމްބަރުންނާއި އަދި 99 ޕެސެންޖަރުން އެވަގުތު ދަތުރުކުރަމުން ދިޔަ ކަމަށާއި ސީދާ މަރުވީ ކިހާ އަދަދެއްގެ ބައެއްކަން އަދި ދަންނަވަން ދަތިކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ.މި ބޯޓުން ދަތުރުކުރަމުންދިޔައީ އަލްޖީރިޔާގެ ސިފައިންނާއި އެމީހުންގެ އާއިލާ މީހުންކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.
މިއީ 2003 ވަނަ އަހަރަށް ފަހު އެގައުމުގައި މިފަދަ ގޮތަކަށް ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ.2003 ވަނަ އަހަރުވެސް ޖެޓެއް ގޮވާ ވަނީ އޭގެއިން ދަތުރުކުރި 102 މީހުން މަރުވެފައެވެ.
މީގެއިތުރުން މިދިޔަ އަހަރު ވެސް ވަނީ މިފަދަ ދެ ހާދިސާއެއް ހިނގާފައެވެ.އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭ އަސްކަރިއްޔާގެ ދެ ޖެޓްޖެހި އޭގަ ތިބި ދެ ޕައިލެޓުން މަރުވިއިރު އޭގެ މަހެއްފަހުން ފްރާންސްއަށް ދަތުރުކުރަމުންދިޔަ އަލްޖީރިއްޔާގެ އަސްކަރިއްޔާގެ މަތިންދާބޯޓެއް ގޮވާ އޭގެއިން ދަތުރުކުރި 6 މީހުންވެސް ވަނީ މަރުވެފައެވެ.
އަލްޖީރިޔާގެ މަތިންދާ ބޯޓެއް ގޮވުމުގެ ހާދިސާއެއްގައި 103 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ