ރިޔާސީ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ ބާއްވަނީ

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަން ތަރުތީބު ކުރުން މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިދިޔަ ބުދަ ދުވަހު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީއިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދާއި، އަމިއްލަ ގޮތުން ކުރިމަތި ލެއްވި ރައީސް މުހަންމަދު ވަހީދު ހަސަން މަނުކާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިތުރުން އެހެން އެއްވެސް ފަރާތަކުން އިންތިހާބުގައި ވާދަ ކުރެއްވުމަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ނަން ތަރުތީބު ކުރުން މާދަމާ ބާއްވަން ހަމަޖެހިފައިވާއިރު، ކެންޑިޑޭޓަކާއި ގުޅޭގޮތުން އެއްވެސް މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހެޅިފައެއް ނުވެއެވެ. އިލެކްޝަނުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައި ނުވާއިރު، މާދަމާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބާއްވާ ރަސްމިއްޔާތަށް ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
ނަން ތަރުތީބު ކުރަން ހަމަޖެހިފައިވަނީ ގުރުއަތު ލައިގެން ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ. އަދި ކެންޑިޑޭޓުންނަށް ލިބޭ ކެންޑިޑޭޓު ނަންބަރު ރަސްމީކޮށް މާދަމާ ހާމަ ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ