ނތ އަހުމަދު ދީދީ އަވަހާރަވެއްޖެ

ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ގ. ކަންޒުދޮށުގޭ ނތ އަހުމަދު ދީދީ މިއަދު އަވަހާރަވެއްޖެ އެވެ.
މަސައްކަތްތެރި ކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމް، 1982 ވަނަ އަހަރު ހޯއްދަވާފައިވާ ނތ އަހުމަދު ދީދީ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އުމުރުފުޅުން 84 ގައި އައިޖީއެމްއެޗުގަ އެވެ.
އަހުމަދު ދީދީ ވަނީ ސަރުކާރުގެ އެކި މަގާމުތަކުގައި 55 އަހަރު ހޭދަކުރައްވައިފަ އެވެ. އޭގެ ތެރެއިން 34 އަހަރު ހޭދަކުރެއްވީ ރައީސް އޮފީހުގެ އެކި ވަޒީފާތަކުގަ އެވެ. ސިވިލް ސާވިސް ގާނޫނުގެ ދަށުން ވަޒީފާ އިން ފުރަތަމަ ވަކި ކުރެއްވި ބޭފުޅުންގެ ތެރޭގައި އަހުމަދު ދީދީ ހިމެނި ވަޑައިގެން، ސަރުކާރުން ވަނީ، 50 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވި ކަމުގެ ޝަރަފުގެ ފިލާ ވެސް ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ