ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ޖާބިރު ކަމަށް ކައުންސިލުން ރޭ ނިންމައިފި އެވެ.
ރައީސް މުހަންމަދު ވަހީދުގެ ވިޔަފާރީގެ މަންދޫބަކަށް ވެސް ހުންނެވި ޖާބިރު ވިދާޅުވީ، ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާނީ، އޭނާ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައިވާތީ، އެ ގޮނޑި ކާމިޔާބު ކުރެއްވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ފައްޓަވާފައިވާ ކަމަށެވެ.
އެމްޑީޕީގައި ހުންނެވިއިރު ވެސް ޖާބިރު ވިދާޅުވަމުން ގެންދެވީ، ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށެވެ. އަދި އޭނާ ގެންދެވީ އޭރުއްސުރެން ފެށިގެން ކާށިދޫ ދާއިރާގެ ރައްޔިތުންނާ ގާތްގުޅުމެއް ބާއްވައި އެ ދާއިރާގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.
"އަޅުގަނޑު އަބަދުވެސް ބުނަމުން އައީ، ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ވަނީނަމަ އެ ދާއިރާއަށް ކުރިމަތިލާނެ ކަމަށް. އެހެންވެ މިހާތަނަށް ވެސް މި އައީ މަސައްކަތް ކުރަމުން އެކަމަށް. އިރާދަކުރެއްވިއްޔާ އެ ދާއިރާގެ ގޮނޑި އަޅުގަނޑު ކާމިޔާބު ކުރާނަން،" ޖާބިރު ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 14 ގަ އެވެ. ކާށިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއީލް އަބްދުލްހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުންނެވެ.
ޖުމްހޫރީ ޕާޓީން ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ