ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޕީޕީއެމްއަށް ސޮއިކޮށްފި

ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު، ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، އަހުމަދު ރަޝީދު ޕީޕީއެމް އާއި ގުޅުނީ، މެޑަމް ފާތިމަތު އިބްރާހީމްގެ ކެމްޕޭން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އަހުމަދު ރަޝީދުގެ އިތުރުން ވެސް، އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަށް މިއަދު ވަނީ ޕީޕީއެމް އާއި ގުޅިފައެވެ.
އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި، ޕީޕީއެމް އާއި ގުޅުނީ މި ސަރުކާރުން، ރާއްޖެއަށް ގެންނަމުންދާ ތަރައްގީގެ ސަބަބުންނެވެ.
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް ގިނަ އަދަދެއްގެ މެމްބަރުންތަކެއް އެ ޕާޓީ އާއި ގުޅިފައިވާ ކަމަށް ޕީޕީއެމްއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ