ޝަރަފުއްދީން ސްކޫލް އަތުން އަތޮޅުމަދަރުސާއަށް މޮޅެއް

މައިލޯ އިންޓަރ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ޝަރަފުއްދީން ސްކޫލާއި، ސ. އަތޮޅު މަދަރުސާ ބައްދަލުކުރި މެޗު 4-5 އިން އަތޮޅު މަދަރުސާ މެޗު ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި އަތޮޅުމަދަރުސާ ޖެހި 5 ލަނޑުގެ ތެރެއިން 4 ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމްގެ ޖާޒީ ނަމްބަރ 11 އިބްރާހީމް ލީވާނެއެވެ. އަނެއް ލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރ ޖާޒީ ނަމްބަރ 16 މުހައްމަދު ހަމްދާނެވެ.
ޝަރަފުއްދީން ސްކޫލުގެ 4 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަމްބަރ 11 އިބްރާހީމް އަމްރާން އުމަރެވެ. އަނެއް 2 ލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 4 އަހުމަދު ހުބާބާއި، ޖާޒީނަމްބަރ 2 އިބްރާހީމް އަމީމެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ބައްދަލުކުރީ ފޭދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލެވެ. އެ މެޗު 12-1 ލަނޑުން ކާމިޔާބުކުރީ އިރުޝާދިއްޔާ ސްކޫލެވެ. އިރުޝާދިއްޔާއިން ކާމިޔާބުކުރި 12 ލަނޑުގެ ތެރެއިން 6 ލަނޑު ޖަހައިގެން އަހުމަދު ލޫތު އައްބާސްވަނީ ދެ ހެޓްރިކް ހަދައިފައެވެ. އެޓީމްގެ ޖާޒީ ނަމްބަރ 7 ހުސައިން އައިކު ވެސް ވަނީ ހެޓްރިކެއް ހަދައިފައެވެ. އަނެއް ތިން ލަނޑުގެ ތެރެއިން 1 ލަނޑަކީ ފޭދޫ ސްކޫލް ޓީމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބާކީ ދެލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 4 އަހުމަދު ޝަކީއާއި، ޖާޒީ ނަމްބަރ 27 މުހައްދު އަރުޝަމް ޝަހީރެވެ.
ފޭދޫ ސްކޫލްގެ ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރ 10 ހަސަން ޝިޔާހު ހާދީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ