ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޣަނީ މަޤާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ކަމުގެ މަޤާމުން، ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފަނޑިޔާރު ޣަނީ، މަޤާމުން ވަކިކުރުމަށް ފެންނަ ކަމަށް މިއަދު މަޖިލީހުގައި ކުރިޔަށްގެންދިޔަ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ޤަނީ މަޤާމުން ވަކިކުރަން ނުފެންނަ ކަމަށް ދެ މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރުމަށް ފެންނަ ކަމަށް ނިންމާފައި ވަނީ، ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން ނިންމީ ފަނޑިޔާރު ޣަނީ ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އޭނާގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހުއެވެ.
ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔާ ކުރައްވާފަ އެވެ.
ފަނޑިޔާރު ޣަނީ މިއަދު މަޤާމުން ވަކި ކުރުމުން މި ސަރުކާރު ފެށުނު އިރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މަޤާމު މިހާރު ވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ