ކްރިމިނަލް ކޯޓުގެ ގާޒީ ސަމީރާއި ނަޝީދު ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމައިފި
ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒާއި އެ ކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު ފެމިލީ ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ސަމީރާއި ނަޝީދު ފެމިލީ ކޯޓަށް ބަދަލުކުރަން މިދިޔަ ހޯމަ ދުވަހު ޖޭއެސްސީން ނިންމީ އެ ދެ ބޭފުޅުން އެކަމަށް އެދިވަޑައިގަތުމުން ކަމަށް އެނގިފައިވެ އެވެ. އެ ދެ ބޭފުޅުން ފެމިލީ ކޯޓަށް ބަދަލުވުމުން ދެން ކްރިމިނަލް ކޯޓުގައި ތިއްބަވާނީ އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުލްބާރީ ޔޫސުފާއި ގާޒީ ސައީދު އިބްރާހިމާއި ގާޒީ އަހުމަދު ރަޝީދާއި ގާޒީ އިބްރާހިމް އަލީގެ އިތުރުން ގާޒީ މުހުތާޒް ފަހުމީ އެވެ. ސަމީރާއި ނަޝީދު ފެމިލީ ކޯޓަށް ބަދަލު ކުރިއިރު، ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު ވެސް މިދިޔަ މަހު ވަނީ ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ