ނަޝީދު ލަންކާ އާއި އިންޑިއާ އަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ދަތުރުފުޅެއްގައި ލަންކާ އާއި އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ވެރިކަން ބަދަލުވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ އަމިއްލަފުޅު ފުރަތަމަ ދަތުރުގެ ތަފްސީލު ނުދެއްވައި ނަޝީދުގެ ޓުވިޓާގައި ވިދާޅުވެފައި ވަނީ މިއީ ހަތަރު ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. ދަތުރުފުޅަށް ފަހު މާލެ ވަޑައިގައިގަންނަވާނީ މި މަހުގެ 18ގަ އެވެ.
ފެބުރުއަރީ 7 ގައި ވެރިކަން ބަދަލުވި ފަހުން ލަންކާ އާއި އިންޑިއާ ނަޝީދު ވަނީ މީގެ ކުރިން އެއް ފަހަރު ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގެން ބޮޑުވަޒީރު މަންމޯހަން ސިންހާއި އެ ގައުމުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ