2013 ވަނަ އަހަރު އެސްޓީއޯގެ އޮނިގަނޑަށް ބަދަލު ގެނެސް މާލީ ހާލަތު ދަށްވި ކަމަށް ބުނެ ވަޒީފާއިން ވަކި ކުރި ޖެނެރަލް މެނޭޖަރަކަށް މިލިއަނެއްހާ ރުފިޔާ އާއެކު ވަޒީފާ ދޭން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ ހަފްތާ އާދިއްތަ ދުވަހު ދުވަހު ސިވިލް ކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައި ވަނީ 15 ދުވަސްތެރޭގާއި އެސްޓީއޯގެ އެޑްމިނިސްޓްރޭޝަން ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުއްޓާ އެ ވަޒީފާއިން ވަކިކޮށްފައިވާ މ.ރެސްޕޮއިންޓް އަޝްރަފު އަލީއަށް ވަޒީފާ ދޭން ޖެހޭނެ ކަމަށެވެ.
15 ދުވަސްތެރޭގައި އަޝްރަފަށް ލިބެން ޖެހޭ އޭނާގެ ކުރީގެ މުސާރައާއި އިނާޔަތްތައްވެސް ލިބެން ޖެހޭނެ ކަމަށް ވަނީ ހުކުމުގައި އަންގާފައެވެ.
އަޝްރަފު ވަޒީފާ އަދާ ކުރަމުން ދިޔަ އެޑްމިނިސްޓްރޭޝަން ޑިޕާޓުމެންޓާއި ހިއުމަން ރިސޯސް ޑިޕާޓްމެންޓު އެއްކޮށްލި ނަމަވެސް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުގެ މަސައްކަތް އުވިގެން ނުދާ ކަމަށް ވަނީ ހުކުމް ގައި ބުނެފައެވެ. އޭގެއިތުރުން އަޝްރަފު ވަޒީފާއިން ވަކި ކުރި އިރު ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި، 37 ވަނަ މާއްދާގައިވާ ހައްގުތައް ލިބިދީފައި ނުވާ ކަމަށް ވެސް ހުކުމުގައި ހާމަކުރިއެވެ.
އަޝްރަފު ވަޒީފައިން ވަކިކޮށްފައިވަނީ މާލީ ހާލަތު ދަށް ވެގެން ކަމަށް ބުނެފައި ކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެ އަހަރު ވަނީ ހަތަރު ކުއާޓަރުގައިވެސް މުވައްޒަފުން އަލަށް ވައްދާފައި ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ. ޖެނެރަލް މެނޭޖަރުން ވެސް އެ މުއްދަތުގައި އިތުރުކޮށްފައިވާތީ އަޝްރަފު ވަކިކޮސްފައިވަނީ މާލީ ހާލަތު ދަށް ވެގެން ކަމަށް އެއްވެސް ވަރަކަށް ނުބެލޭ ކަމަށް ބުންޏެވެ.
އެސްޓީއޯ ގައި ވަޒީފާއިން ވަކި ކުރި މީހަކަށް ވަޒީފާ ދިނުމަށް ކޯޓުން ހުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ