3 ރިޔާސީ ކެންޑިޑޭޓުންނާ ރައީސް ވަޙީދު ބައްދަލުކުރައްވަނީ
އަންނަ ހޮނިހިރު ދުވަހަށް ލަސްކުރެވިފައިވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ 3 ރިޔާސީ ކެންޑިޑޭޓުންނާ މަޝްވަރާ ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ނިންމަވައިފިއެވެ.އަންނަ ބުދަ ދުވަހު ހެނދުނު 11:30 ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުމުގައި 3 ކެންޑިޑޭޓުންގެ ފަރާތުންވެސް ބައިވެރިވާނެކަމުގެ ޢިޝާރާތެއް މިހާރުވަނީ ލިބިފައެވެ.ރިޔާސީ ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކޮށްލަށްވަނީ، އަންނަ ހޮނިހިރު ދުވަހު މިބޭއްވޭ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި، އަދި އޮމާން ޞުލްޙަވެރި އިންތިޚާބަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ