ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އިދިކޮޅު އެމްޑީޕީއަށް ލިބިއްޖެނަމަ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރަށް "ރައްޔިތުން އެބުނީ ނޫނެކޭ" ކަމަށް ކުރީގެ ރައީސް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަހަރު ބާއްވާ ރައްޔިތުން މަޖިލީސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއިއެކު އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަޑައިގެންނެވުމަށް ފަހު ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ. އަދި އެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެނަމަ ސަރުކާރަށް ރައްޔިތުންގެ ތާއިދު ނެތް ކަމަށް ވަރަށް ބޮޑަށް މާނަ ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި އިންތިހާބުގައި ސާފް އަގުލަބިއްޔަތެއް ރައްޔިތުން އެމްޑީޕީއަށް ދީފިނަމަ އެ ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ސަރުކާރަށް އެދިނީ ސަރކާރަށް ތާއިދު ނެތް ކަމަށް ރައްޔިތުން އެ ފާހަގަކުރަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުން ލިބުނު ނަތީޖާއަށް އަށް ބާލާއިރު މަޖިލީހުގެ އަޣުލަބިއްޔަ އެމްޑީޕީއަށް ލިބޭނެ ކަމަށް ވަރަށް ބޮޑު ޔަގީންކުރައްވާ ކަމަށާއި އަދި އެމްޑީޕީގެ ކެންޑިޑޭޓުނަށް ތާއިދު ހޯދަދެއްވުމުގެ ގޮތުން ރާއްޖޭގެ ގިނަ ރަށްތަކަށް އެމަނިކުފާނު ދަތުރުކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިހާބަށް ނިކުންނަވާ ގިނަ ކެންޑިޑޭޓުން ވަނީ މިއަދު މެންދުރުފަހު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފަ އެވެ. އެމްޑީޕީން މަޖިލިސް އިންތިހާބުގައި 85 ދާއިރާއަށް ކެންޑިޑޭޓުން ކުރިމަތިލައްވަ އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެނަމަ ސަރުކާރަށް ރައްޔިތުން އެބުނީ ނޫނެކޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ