ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލައްވައިފި އެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެއްވީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ ކަމަށެވެ. މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00ގެ ކުރިންނެވެ. ބްރޯޑްކޮމްގެ ނާއިބު ރައީސް މުހައްމަދު އަސްލަމް އެމަގާމަށް އައްޔަނުކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ. އެހެން ކަމުން އޭނާ ދައުރު މި އަހަރު ހަމަވާނެ އެވެ. ބްރޯޑްކޮމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ރައީސް މުހައްމަދު ޝަހީބުއާއި ޒީނާ ޒާހިރު، އާމިނަތު ސަހާރަތު ޢިއްޒަތުގެ އިތުރުން ފާޠިމަތު ޒައިނާ އާއި އިސްމާއީލް ޞަފްވާން އަދި ހަސަން ނަބާހް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ