މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ. 
ކަރަންޓް ދިޔައީ ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. 
ކަރަންޓް ދިޔަ ސަބަބެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެ އެވެ. ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކޮށް، ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ. 
މި ފަހަކަށް އައިސް މާލެއިން ކަރަންޓް ދިއުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. 
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ 24 ގަޑިއިރަށް ކަރަންޓް ޔަގީންވެފައި އޮތުން ކަމަށް ވިޔަސް، މާލޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ވެސް ކަރަންޓްގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ